
އިންތިޚާބަކާ ނުލައި އިތުރު ކައުންސިލެއްގެ ރައީސްކަން ޕީއެންސީއަށް ލިބިއްޖެ!
ޒައުޖަތު އަޙުމަދުއިންތިޚާބަކާ ނުލައި އިތުރު ކައުންސިލެއްގެ ރައީސްކަން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ ނުވަތަ ޕީއެންސީއަށް ލިބިއްޖެއެވެ.
އިންތިޚާބަކާ ނުލައި މި ފަހަރު ލިބިފައި ވަނީ މާލެ އަތޮޅު ގުރައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއެވެ.
މި ގޮނޑި ޕީއެންސީއަށް ލިބުނީ ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓްގެ ކެންޑިޑެންސީއާމެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކާއި ގުޅިގެންނެވެ.
މި މައްސަލައަކީ ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރަން ހުށަހެޅި އަމިއްލަ ކެންޑިޑޭޓް ޢަބްދުލްމަޖީދުގެ ކެންޑިޑެންސީ ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އޭނާގެ ކެންޑިޑެންސީ ބަލައި ނުގަތުމަށް ނިންމީ ހުށަހަޅަންޖެހޭ ބައެއް މަޢުލޫމާތު ފުރިހަމަ ނުވާތީ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން ބުނީ އެ ކޯޓަށް އިހްތިސާސް ލިބެނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓެއްގެ ޝަރުޠަކާއިމެދު ނިންމާ ނިންމުމަކާއި ގުޅޭ ގޮތުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާއިއެކު އިލެކްޝަނުން ވަނީ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އެރަށު އޯޝަންމީޑް އިބުރާހީމް ޝަލީޒް އެކަނި ކުރިމަތިލާފައިވާ ކަމަށް ނިންމައި އެ މަގާމަށް އޭނާ އިންތިޚާބުވެފައިވާ ކަމަށް ކަނޑައަޅައިފައެވެ. އިބުރާހީމް ޝަލީޒް މި އިންތިޚާބުގައި ވާދަކުރަނީ ޕީއެންސީ ޓިކެޓުގައެވެ.
މި ގޮނޑި ލިބުމާއިއެކު އަންނަ އޭޕްރީލް މަހުގެ 4 ގައި ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އަދި ޑަބުލިއުޑީސީގެ އިންތިޚާބުގައި ވޯޓު ކުރިން މިހާތަނަށް މަދުވެގެން 70 ގޮނޑި ޕީއެންސީއަށް ކަށަވަރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު މޫސާ ޖަލީލަށް ތާޢީދުކުރައްވަން ނިންމަވައިފި2026 މާރިޗު 22
ކައުންސިލްތައް ބާކީކޮށް ބާރު ކަނޑުވާލުމަކީ ގަބޫލުކުރާ ކަމެއް ނޫން: ރައީސް 2026 މާރިޗު 14
ކައުންސިލް އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް އިތުރު ވަގުތު ދީފި2026 މާރިޗު 03
ވޯޓުފޮށި ބަހައްޓާނީ 21 ރިސޯޓުގައި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާނެ2026 ފެބްރުއަރީ 24