logo
logo
އެމެރިކާއިން އީރާނަށް ހަމަލާދޭން ތައްޔާރުވެއްޖެ

އެމެރިކާއިން އީރާނަށް ހަމަލާދޭން ތައްޔާރުވެއްޖެ

2026 ފެބްރުއަރީ 19
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އެމެރިކާއިގެ އަސްކަރިއްޔާއިން އިރާނަަށް ހަމަލައިދިނުމަށް ތައްޔާރުވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮއްފިއެވެ.

އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ތައްޔާރުވެފައި މިވަނީ އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލުމަށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާފަށާފައިވާ ދަނޑީ ވަޅެއްގައެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕު އަދި ހަމަލާދިނުމާއި މެދު ފަހުގެ ނިންމުމެއް ނުނިންމައެވެ.

ފާއިތުވި ހަފްތާތަކުގައި އެމެރިކާއިން އެއްގަމާއި ވައިގެ އަސްކަރީ ބާރުވެރިކަން މެދު އިރުމަތީގައި ވަނީ ވަރަށްް ބޮޑަށް ވަަރުގަދަ ކޮއްފައެވެ. އެގޮތުން އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ބޯޓުތަައް ވަނީ މެދުއިރުމަތީގައި ހަރަކާތްތެރިވާން ފަށާފައެވެ. މީގެ އިތުރުން އެމެރިކާގެ ނޭވީގެ ހަނގުރާމަމަތީ މަނަވަރުތައްވެސް މީހާރު މެދުިއރުމައްޗަށް ދަތުރުކުރަމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނާއި އެމެރިކާއާއި ދެމެދު ހަނގުރާމައެއް ފެށުން ވަރަށް ގާތްކަމަށް މެދުއިރުމަތި ދީރާސާކުރާ ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން އެމެރިކާއިން ހަމަލާދީފިނަމަ އީރާނުން އޭގެ ބަދަލުގައި ވަރުގަދަ ރައްދު ހަމަލާތަކެއް އެމެރިކާއަށް ދޭނެއެވެ. އަދި ހަނގުރާމައެއް ފެށިއްޖެނަމަ ދުނިޔޭގެ ތެލުގެ ބާޒާރައް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް