logo
logo
ރޯދަމަހަށް ޚާއްސަ ޗޮއިސް ބްރޭންޑުގެ އަލަނާސި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން!

ރޯދަމަހަށް ޚާއްސަ ޗޮއިސް ބްރޭންޑުގެ އަލަނާސި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން!

2026 ފެބްރުއަރީ 04
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރޯދަމަހަށް ޚާއްސަ ޗޮއިސް ބްރޭންޑުގެ އަލަނާސި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބެން ހުރިކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ ޗޮއިސް ބްރޭންޑުގެ އަލަނާސި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ "ޗޮއިސް" ބްރޭންޑުގެ އަލަނާސި ދަޅަކީ ރޯދަ މަހުގެ ކާތަކެއްޗާއި ތަފާތު ބުއިންތަކަށް ހާއްސަ ފުރިހަމަކަމެއް ގެނެސްދޭ އެއްޗެކެވެ. މީގެ އެންމެ ފޮއްޗަކުން ވެސް، އާދައިގެ ކެއުމެއްވެސް މީރު އަދި ފެންވަރު ރަނގަޅު ކެއުމަކަށް ބަދަލުކޮށްލައެވެ. ގުދުރަތީ ފޮނިކަމާއި ތާޒާކަން އެކުލެވޭ މި އަލަނާސި ފޮތިތަކަކީ .ފޮނިކާތަކެއްޗާއި، ފުރުޓް ސެލަޑް އަދި ތަފާތު ބުއިންތަކަށް ވަރަށް ގުޅޭނެ އެއްޗެކެވެ. ކާނާ ތައްޔާރުކުރުމުގައި ހޭދަވާ ވަގުތު ސަލާމަތްކޮށްދިނުމުގެ އިތުރުން، އޭގެ އަސްލު ތާޒާ ރަހައާއެކު ސުފުރާމައްޗަށް ފުރިހަމަކަން ގެނެސްދިނުމަށް"ޗޮއިސް" އަލަނާސިއަކީ ވަރަށް ފުރިހަމަ އުފެއްދުމެކެވެ.

ޗޮއިސް ބްރޭންޑްގެ އަލަނާސިއަކީ ފަނި ގިރުމަށް ވެސް އެހާ އެކަށޭނަ އުފެއްދުމެކެވެ. އެގޮތުން، ގިނަ އަދަދަކަށް ފެން އެކުލެވޭ ބާވަތަކަށް ވުމުން، ރޯދަ މަހު ރޯދަ ވަރުބަލިވުން ކުޑަކޮށްދެއެވެ. އަދި މި ބުއިމަކީ ރޯދަ ވީއްލާ ގަޑިއަށްވެސް އެހާމެ ޚާއްސަ ތާޒާ ބުއިމެކެވެ.

މި ބްރޭންޑުގެ އަލަނާސިން ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތައް ފޯރުކޮށްދެއެވެ. އެގޮތުން، ވިޓަމިން ބީ، ސީ އަދި ޑީ ގެ އިތުރުން ކެލްސިއަމް އަދި އަޔަން އިން މުއްސަނދިވެފައިވާ މިއުފެއްދުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ހަންގަނޑު އުޖާލާކޮށް ބެހެއްޓުމަށް އެހީތެރިވެދޭ އުފެއްދުމެކެވެ.  

ބަރަކާތްތެރި ރަމަޟާން މަސް ކައިރިވަމުން އަންނައިރު، އާއިލާތަކުން އަންނަނީ ރޯދަހިފުމުގެ މާތް އަޅުކަމަށާއި، އެންމެން އެކުގައި ހޭދަކުރާ އުފާވެރި ރޯދަވީއްލުމުގެ ވަގުތުތަކަށް ތައްޔާރުވަމުންނެވެ. މަސައްކަތްތައް ގިނަވެ ވަގުތު މަދު މި ދުވަސްވަރު، ފަސޭހައިން ތައްޔާރުކޮއްލެވޭ، ފެންވަރު ރަނގަޅު ބާވަތްތަކުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑެވެ.

ރަމަޟާންމަހު ދިވެހީން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ބާޒާރުން ހުސްވެ ލިބުން ދަތިވާ މައްސަލައަށް މި ސަރުކާރުން ވަނީ ހައްލު ގެނެސްދީފައެވެ. އެގޮތުން ރޯދަމަހު ދިވެހީން ގިނައިން ބޭނުންކުރާ ކާނާގެ ބާވަތްތައް އެސްޓީއޯއިން ދަނީ މަދު ނުވާވަރަށް ރާއްޖެއެތެރެ ކުރަމުންކަން ފާހަގަ ކުރެވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް