ގޭހަކަށް ނުޖެހެ، ވަރަށް އަވަހަށް މައްސަލަ ހައްލުވާނެ: އެސްޓީއޯ

ކައްކާ ގޭހުގެ ސަޕްލައި މައްސަލަ އެއްކޮށް ހައްލުވެ، ވަރަށް އަވަހަށް ކުރިއެކޭ އެއްގޮތަށް ގޭސް ފޯރުކޮށްދޭން ފަށާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު ވިއްކަނީ ހަތް ކިލޯގެ ގޭސްފުޅިއެވެ.
މިކަމާއި ގުޅިގެން އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަންނަ ހަފުތާގައި އެ މައްސަލަ އެއްކޮށް ހައްލުވެ، ކުރީގެ ގޮތަށް 10 ކިލޯގެ ގޭސްފުޅި ވިއްކަން ފަށާނެ ކަމަށެވެ.
ގޭހުގެ ސަޕްލައިއަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެ އަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން "ރޭޝަން" ކޮށްގެން ނުވަތަ "ކޮންޓްެރޯލްކޮށް" ގޭސް ވިއްކުމަކީ ކުރާ ކަމެއް ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ގޭސް ހުސް ނުވާ ކަމަށާއި ސަޕްލައި މެނޭޖު ކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރަމަޟާން މަހަކީ އެހެން މަސްމަހާ ތަފާތުކޮށް، ކެއްކުމާއި ކެއިންބުއިމުގެ ކަންކަމުގައި ހާއްސަ މަހެއް ކަމަށް ވުމާ އެކު، މޯލްޑިވް ގޭހުން ވެސް އަންނަނީ އެ މަހަށް ތައްޔާރުވުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަމުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް އަބަދުވެސް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)
