logologologologo
STO
ޚަބަރު

ބަންކަރިންގެ ޚިދުމަތާއިއެކު އެސްޓީއޯގެ އާމްދަނީ އިތުރުވެއްޖެ

ބަންކަރިންގެ ޚިދުމަތާއިއެކު އެސްޓީއޯގެ އާމްދަނީ އިތުރުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 22

ބަންކަރިންގެ ޚިދުމަތާއެކު މިއަހަރުގެ ފުރަތަމަ ކުއާޓާގެ އެސްޓީއޯގެ އާމްދަނީ އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ރިޕޯޓަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 785 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ. އަދި މި ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އަމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބުނެވެ.

އެސްޓީއޯއިން ބުނީ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށް ދިއުމުގެ ސަބަބުން ބަންކަރިން ހިމެނޭ ގޮތަށް އެ ކުންފުނިން ވިއްކި ތެލުގެ އަދަދު މި ކުއާޓަރުގައި 27 ޕަސެންޓް އިތުރުވުމަކީ އާމްދަނީ އިތުރުވި ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން އެ ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި އެ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމާ އެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 785 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ  މީގެ ކުރީ ކުއާޓަރާ އަޅާބަލާ އިރު 17 ޕަސެންޓްގެ އިތުރުވުމެކެވެ.

އެސްޓީއޯގެ ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވި ނަމަވެސް ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލައި 14 ޕަސެންޓް އިތުރުވެ، 368 މިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 

ފައިނޭންސް ކުރުމުގެ ޚަރަދު ކުޑަކުރެވުމާ އެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް އެސްޓީއޯއިން އާއްމުކުރި ހިސާބުތަކުން ދައްކަ އެވެ. އެއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 20 ޕަސެންޓްގެ އިތުރުވުމެކެވެ.

ޓެކުހަށް ކެނޑުމަށް ފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީީ 276 މިލިއަން ރުފިޔާއެވެ. 

ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިން ޚިދުމަތް ރަސްމީކޮށް ފަށާފައި ވަނީ 19 ސެޕްޓެމްބަރު 2024ގައި، އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައެވެ. މިއީ ދިވެހި ތާރީޚުގައި ވެސް އެ ޚިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރެވެ.

MALDIVE GASAllied Insurance
އިތުރަށް