ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި

ރަމަޟާން މަހުގެ ގާތްގަނޑަކަށް މެދާ ހަމައަށް އައިއިރުވެސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ހެޔޮ އަގުގައި ލިބެން ހުރިކަން ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.
ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނީ މި ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ގަނޑުކޮށް މުދާ ހޯދުމާއި ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި ދުރާލައި އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، މުދަލަށް އޮތް ޑިމާންޑް ބޮޑުވި ނަމަވެސް ބާޒާރުގެ އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ.
ވަކިން ޚާއްޞަކޮށް އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 23 ބާވަތާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން ޖުމުލަ 26 ބާވަތެއްގެ އަގު އިންތިހާއަށް އުފުލިގެން ނުދާނޭހެން އެސްޓީއޯއިން ކަނޑައަޅާފައިވާ ހެޔޮ އަގުތަކުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު ވަނީ ހިފެހެއްޓިފައެވެ.
ކުރިއަށް އޮތް ހަފްތާތަކުގައިވެސް މުދާ މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދަނީ ބާޒާރުގައި ތަކެތީގެ އަގުތައް ހުރި މިންވަރު މޮނިޓަރކޮށް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންނެވެ.
މިއީ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި، ހެޔޮ އަގުގައި މުދާ ފޯރުކޮށްދީ، މި ރަމަޟާން މަހު ޢާއިލާތަކުން އުފުލަންޖެހޭ މާލީ ބުރަ ކުޑަކޮށްދީ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރާ މުހިންމު މަސައްކަތެކެވެ.
އިތުރަށް





.gif.gif&w=828&q=100)
