logo
logo
29 ސުކޫލެއްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި، ހުވަދޫ 9 ސުކޫލް ހިމެނޭ

29 ސުކޫލެއްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި، ހުވަދޫ 9 ސުކޫލް ހިމެނޭ

2026 ފެބްރުއަރީ 04
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

29 ސުކޫލެއްގެ އައު އިމާރާތުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

ތަޢުލީމީ ވުޒާރާއިން ބުނީ ރާއްޖޭގެ 29 ރަށެއްގެ ސްކޫލްތަކުގައި އައު އިމާރާތުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

މި 29 ސުކޫލްގެ ތެރޭގައި ރ. އަތޮޅުގެ 8 ސުކޫލަކާއި ހުވަދޫގެ 9 ސުކޫލެއް ހިމެނޭކަން ފާހަގަ ކުރެވެއެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން 18 މަޝްރޫޢެއް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއެވެ. އޭގެތެރޭގައި ހއ. ވަށަފަރު، ތަކަންދޫ އަދި ފިއްލަދޫ ސުކޫލާއި ރ. ކިނޮޅަސް، ރަސްމާދޫ، މަޑުއްވަރި، އަނގޮޅިތީމު އަދި ވާދޫ ސުކޫލާއި ދ. ރިނބުދޫ، ހުޅުދެލި ސުކޫލަކާއި ގއ. މާމެންދޫ، ދާންދޫ، ކޮނޑޭ، ގެމަނަފުށި އަދި ދެއްވަދޫ ސުކޫލާއި ގދ. މަޑަވެލި، ނަޑެއްލާ އަދި ރަތަފަންދޫ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް ހިމެނެއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފައި ވަނީ މީގެތެރެއިން 6 މަޝްރޫޢެކެވެ. އެއީ ހއ. އުލިގަމު އަދި އިހަވަންދޫ ސުކޫލާއި ރ. ހުޅުދުއްފާރު އަދި މީދޫ ސުކޫލާއި މާލެ އަތޮޅު ގާފަރު އަދި ގުރައިދޫ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޝަން ކޮމްޕެނީ، އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވާ 4 މަޝްރޫޢުގެ ތެރޭގައި ށ. ފޭދޫ، ރ. އިންނަމާދޫ، ފ. ދަރަނބޫދޫ އަދި ގދ. ފިޔޯރީ ސުކޫލްގެ އައު އިމާރާތުގެ މަސައްކަތް ހިމެނެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް