
ވިލުފުށިން ބޭނުންވީ ސަރުކާރާ ގުޅިގެން ތަރައްޤީ ގެންނަން، އެހެން ޕާޓީއަކުން ކުރިމަތި ވެސް ނުލި!
ޒައުޖަތު އަޙުމަދުވިލުފުށީ ރައްޔިތުން ބޭނުންވީ ސަރުކާރާ ގުޅިގެން ރަށަށް ތަރައްޤީ ގެންނަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ވަޙީދު ވިދާޅުވެއްޖެއެވެ.
މެމްބަރު ޙަސަން ވަޙީދު މިފަދައިން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވިލުފުށީގައި އިންތިހާބުކުރަންޖެހޭ 10 ގޮނޑީގެ ތެރެއިން 8 ގޮނޑި ވެރިކަންކުރާ ކޮންގުރެސް ޕާޓީ ނުވަތަ ޕީއެންސީއަށް ވޯޓު ނެގުމަކާ ނުލައި ލިބުމާއި ގުޅިގެންނެވެ.
އަންނަ އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުގައި ވިލުފުށީ ކައުންސިލަށް އިންތިޚާބުކުރަންޖެހެނީ 5 މެމްބަރުންނެވެ. އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވެސް 5 މެމްބަރުން އިންތިޚާބު ކުރަންޖެހެއެވެ.
ނަމަވެސް އިންތިޚާބަށް ކުރިމަތިލާން އިލެކްޝަނުން ދީފައިވާ ސުންގަޑި އިއްޔެ ހަވީރު ހަމަވިއިރު، ކައުންސިލުގެ ރައީސްކަމަށް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުންގެ އިތުރަށް މިނިވަން ދެ ކެންޑިޑޭޓުން ފިޔަވާ އިތުރު އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ. އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ ވިލުފުށީ ކައުންސިލްގެ 4 ގޮނޑިއާއި ޑަބުލިއުޑީސީގެ 4 ގޮނޑި، ޖުމްލަ 8 ގޮނޑި ކޮންގުރެސް ޕާޓީއަށްވަނީ ލިބިފައެވެ.
ކޮންގްރެސް ޕާޓީއަށް ލިބުނު މި ކާމިޔާބާ ގުޅިގެން ބައެއް މީޑިއާތަކުން ސުވާލު ދެންނެވުމުން ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙަސަން ވަަޙީދު ވިދާޅުވީ ވިލުފުށީގައި އެމްޑީޕީއަށް ތާއީދުކުރާ މެންބަރުން ވަރަށް ގިނަ ނަމަވެސް އެ ރަށު ރައްޔިތުން އެ ގޮނޑިތަކަށް އެމްޑީޕީން ކެންޑިޑޭޓުން ނުނެރެން ނިންމީ ކަމަށެވެ.
މެމްބަރު ވިދާޅުވީ އެ ރަށުގެ ރައްޔިތުން ތަރައްޤީއަށް ހުރަސްއެޅުމަށް އެއްވެސް މިންވަރަކަށް ބޭނުންނުވާ ކަމަށާއި އެހެންވެ އެމްޑީޕީއަށް ނިސްބަތްވާ ވިލުފުށީ ރައްޔިތުންވެސް ކެންޑިޑޭޓުން ނެރެން ބޭނުންނުވީ ކަމަށެވެ.
މެމްބަރު ޙަސަން ވަޙީދު ވިދާޅުވީ މި ކާމިޔާބަކީ އެ ރަށުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް އަރުވާ ހަދިޔާއެއް ކަމަށެވެ.
ވިލުފުށީގައި އެއާޕޯޓު އެޅުމުގެ އިތުރަށް އެ ރަށަށް ބޭނުންވެފައި ހުރި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރައީސް ޑރ.މުޢިއްޒުގެ ޒަޢާމަަތުގައި ފަށައިގެން ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ.
ވިލުފުށީގެ އިތުރުން އެހެން ބައެއް ދާއިރާތަކުގެ ގޮނޑި ވެސް އިންތިޚާބަކާއި ނުލައި ޕީއެންސީއަށް ވަނީ ލިބިފައެވެ. އޭގެތެރޭގައި އދ. ދިއްދޫ އަދި އދ. މަންދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއާއި އެ 2 ރަށުގެ ޑަބުލިއުޑީސީގެ ހުރިހާ ގޮނޑިއެއް ވެސް ޕީއެންސީއަށް ވަނީ ލިބިފައެވެ. މި ގޮނޑިތަކަށް ވެސް ޕީއެންސީ ކެންޑިޑޭޓުން ފިޔަވާ އެހެން ބަޔަކު ކުރިމަތިލާފައި ނުވެއެވެ.
މީގެއިތުރުން ހއ. ބާރަށް އަދި ހއ. އުތީމު ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް އިންތިޚާބަކާއި ނުލައި ޕީއެންސީއަށް ވަނީ ލިބިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު މޫސާ ޖަލީލަށް ތާޢީދުކުރައްވަން ނިންމަވައިފި2026 މާރިޗު 22
ކައުންސިލްތައް ބާކީކޮށް ބާރު ކަނޑުވާލުމަކީ ގަބޫލުކުރާ ކަމެއް ނޫން: ރައީސް 2026 މާރިޗު 14
ކައުންސިލް އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް އިތުރު ވަގުތު ދީފި2026 މާރިޗު 03
ވޯޓުފޮށި ބަހައްޓާނީ 21 ރިސޯޓުގައި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާނެ2026 ފެބްރުއަރީ 24