
އިންތިޚާބަކާ ނުލައި 2 ކައުންސިލެއްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބިއްޖެ!
ޒައުޖަތު އަޙުމަދުއިންތިޚާބަކާ ނުލައި 2 ކައުންސިލެއްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބިއްޖެއެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ ނުވަތަ ޕީއެންސީއަށް އިންތިޚާބަކާ ނުލައި ލިބިފައި ވަނީ އދ. ދިއްދޫ އަދި އދ. މަންދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއެވެ.
މި ދެ ގޮނޑި ޕީއެންސީއަށް ލިބުނީ އެ ދެ ގޮނޑިއަށް އިތުރު ކެންޑިދޭޓަކު ކުރިމަތިލާފައި ނުވާތީއެވެ.
މީގެއިތުރުން އެ 2 ރަށުގެ ޑަބުލިއުޑީސީގެ ހުރިހާ ގޮނޑިއެއް ވެސް ޕީއެންސީއަށް ވަނީ ލިބިފައެވެ. މި ގޮނޑިތަކަށް ވެސް ޕީއެންސީ ކެންޑިޑޭޓުން ފިޔަވާ އެހެން ބަޔަކު ކުރިމަތިލާފައި ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިއަދު ހަވީރު 5:30 ގައި ވަނީ ހަމަވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އިއްޔެގެ ނިޔަލަށް، 1596 ފަރާތެއްގެ ކެނޑިޑެސީ އެ އިދާރާއިން ގަބޫލުކޮށްފައިވެއެވެ. އޭގެތެރޭގައި ސިޔާސީ ޕާޓީގެ ޓިކެޓުގައި 1216 ފަރާތަކުން ވާދަކުރާއިރު 380 ފަރާތަކުން ހުށަހަލާފައިވަނީ އަމިއްލަގޮތުންނެވެ.
މީގެއިތުރުން ޑަބުލިއުޑީސީގެ ގޮނޑިތަކަށް ސިޔާސީ ޕާޓީތަކުން ކުރިމަތިލި 1106 ފަރާތެއްގެ ކެންޑިޑެސީ ބަލައިގެންފައިވާއިރު އަމިއްލަގޮތުން ކުރިމަތިލި 259 ފަރާތެއްގެ ކެންޑިޑެސީ އިލެކްޝަނުން ބަލައިގަނެފައިވެއެވެ.
މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބުލިއުޑީސީގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު މޫސާ ޖަލީލަށް ތާޢީދުކުރައްވަން ނިންމަވައިފި2026 މާރިޗު 22
ކައުންސިލްތައް ބާކީކޮށް ބާރު ކަނޑުވާލުމަކީ ގަބޫލުކުރާ ކަމެއް ނޫން: ރައީސް 2026 މާރިޗު 14
ކައުންސިލް އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް އިތުރު ވަގުތު ދީފި2026 މާރިޗު 03
ވޯޓުފޮށި ބަހައްޓާނީ 21 ރިސޯޓުގައި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާނެ2026 ފެބްރުއަރީ 24