8000 އަށްވުރެ ގިނަ ދަރިވަރުންނާއިއެކު މި އަހަރުގެ އޯލެވެލް އިމްތިޙާނު ފަށައިފި

ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ބާއްވާ ކޭމްބުރިޖް އޯލެވެލް އިމްތިޙާނު އަދި އެސްއެސްސީ އިމްތިޙާނު މިއަދު ފަށައިފިއެވެ.
މި އަހަރުގެ އިމްތިޙާނުގައި 8218 ދަރިވަރުން ބައިވެރިވާ ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.
މާލެއާއި އަތޮޅުތަކުގައި 267 މަރުކަޒުގައި މި އިމްތިޙާނު ކުރިއަށް ގެންދާއިރު އޭގެތެރޭގައި ހިމެނެނީ މާލޭގެ 21 މަރުކަޒާއި އަތޮޅުތެރޭގެ 246 މަރުކަޒެވެ.
މި އިމްތިޙާނު މާރިޗް މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.
މިއަދު އިމްތިޙާނު ފަށާފައިވާއިރު ކުރިއަށް ގެންގޮސްފައިވަނީ އެސްއެސްސީ އިމްތިޙާނުގައި ހިމެނޭ ދިވެހި މާއްދާގެ ފުރަތަމަ ޕޭޕަރެވެ.
މިއަދު އިމްތިޙާނު ފެށި ދަރިވަރުންނަކީ މިދިޔަ 2025 ވަނަ އަހަރުގެ އޭޕްރީލްގައި ގްރޭޑް 10 ގެ ކިޔެވުން ފެށި ދަރިވަރުންނެވެ. ނަމަވެސް އިއްޔެ ގްރޭޑް 10 ގެ ކިޔެވުން ފެށި ދަރިވަރުން އޯލެވެލް އިމްތިޙާނު ހަދާނީ މިއަހަރުގެ އޮކްޓޫބަރު/ނޮވެމްބަަރުގައެވެ.
އިތުރަށް





.gif.gif&w=828&q=100)
