
މިސަރުކާރުން ތަރައްގީކުރި ޝަހީދުއަލީ ސްކޫލަކީ އެމްޑީޕީގެ މަސައްކަތެެއްގެ ގޮތުގައި ދައްކަން އެޕާޓީގެ އެކްޓިވިސްޓުން މަސައްކަތްކުރަނީ
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 2 މަސްދުވަސްތެރޭ ބިންގާއަޅާ މަސައްކަތްފެށި ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ޝަހީދުއަލީ ސްކޫލަކީ އެމްޑީޕީ ސަރުކާރުގެ މަސައްކަތެއްގެ ގޮތުގައި ދައްކަން އެޕާޓީގެ އެކްޓިވިސްޓުންނަށް އަންގައިފިއެވެ.
ޝަހީދު އަލީ ސްކޫލަކީ 25 ޑިސެންބަރު 2023 ގައި ރައީސް ޑރ މުޢިއްޒު ބިންގާ އަޅުއްވާ މަސައްކަތް ފެއްޓެވި ސްކޫލެކެވެ. މިއަދު ވަނީ އެސްކޫލު ރަސްމީކޮށް ހުޅުވާ ކިޔަވާދޭން ފަށާފައެވެ.
މިސްކޫލްގައި މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑަކާއި އިންޑޯ ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. މި ސްކޫލަކީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެއްނަމަވެސް ދެ ދަންފަޅިއަށް ކިޔަވައިދޭނަމަ 2500 ކުދިންނަށް ކިޔަވައިދެވޭނޭކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާ ޝަހީދު އަލީ ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމު ހިމެނެއެވެ. އަދި 400 ކުދިންގެ އޮޑިޓޯރިއަމަކާއި ލައިބްރަރީ އާއި ކޮމްޕިއުޓަރު ލެބާއި 3 ސައިންސް ލެބާއި އިންޑޯ ހޯލަކާއި ބޭރުގައިވެސް ކުޅިވަރު ކުޅޭވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.
މި ސްކޫލަކީ 2 އަހަރުތެރޭގައި އަވަސްދުވެއްޔެއްގައި މަސައްކަތްކޮށް މި ސަރުކާރުން ނިންމާފައިވާ މަސައްކަތެއް ނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓުން އަންނަނީ އެއީ އެބައިމީހުންގެ މަސައްކަތެއްކަމަށް ބުނެ "ކްރެޑިޓް" ނަގަން މަސައްކަތް ކުރަމުންނެވެ. އަދި އެއީ ކުރީގެ ރައީސް ސޯލިހު ވިސްނުންފުޅު ގެންގުޅުއްވި ކަމެއްކަމަށް ބުނެ އެކަމުގެ ކްރެޑިޓް ހައްގުވަނީ ސޯލިހުއަށާއި އެމްޑީޕީއަށް ކަމަށް އެމީހުން ބުނެއެވެ.
އެހެންނަމަވެސް އާންމު ރައްޔިތުންގެ ގިނަބަޔަކު އަންނަނީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ރައްދު ދެމުންނެވެ. އެއީ އެ މަސައްކަތް ފެށި ތާރީހާ ފެއްޓީކޮން ސަރުކާރަކުންކަން ސާފުކޮށް އެނގެންއޮއްވައި އެމްޑީޕީން ގަސްތުގައި ރައްޔިތުންނަށް އޮޅުވާލާން މަސައްކަތް ކުރާތީއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27