logo
logo
ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް މަޢުލޫމާތު ނުފެތުރުމަށް އީސީން އިލްތިމާސްކޮށްފި

ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް މަޢުލޫމާތު ނުފެތުރުމަށް އީސީން އިލްތިމާސްކޮށްފި

2026 ޖެނުއަރީ 23
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އިލެކްޝަންސް ކޮމިޝަނުން (އީސީން) ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ނުފެތުރުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 1-15 ވަނަ މާއްދާގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ހުށަހެޅުމާމެދު ނިންމިގޮތް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ލިބެމުންދާ މިންވަރަކުން، ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރިން އެ ކޮމިޝަނުން ދަނީ ޖަވާބު ދެމުން ކަމަށެވެ.

 އަދި އެ މިކޮމިޝަނުގައި ޤާއިމުކޮށްފައިވާ ނިޒާމުތަކުގައިވާ މަޢުލޫމާތުތަކަކީ ރައްކާތެރިކަމާއެކު، އެމަޢުލޫމާތު ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި ހުއްދަލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"މިކަންކަން މިހެން ހުރި އިރު، ކޮމިޝަނުން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރަމެވެ."

އިލެކްޝަނުން އަންނަނީ، އަންނަ އޭޕްރީލްމަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވަމުން ކަން ފާހަގަ ކުރެވެއެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް