logo
logo
ކޮންގްރެސް ޕާޓީގެ ކެމްޕޭނު ބޮޑު ޙަރަކާތެއް ބުރާސްފަތި ދުވަހު ބާއްވަނީ!

ކޮންގްރެސް ޕާޓީގެ ކެމްޕޭނު ބޮޑު ޙަރަކާތެއް ބުރާސްފަތި ދުވަހު ބާއްވަނީ!

2026 ޖެނުއަރީ 21
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ކޮންގްރެސް ޕާޓީ ނުވަތަ ޕީއެންސީގެ ކެމްޕޭނު ޙަރަކާތެއް ބުރާސްފަތި ދުވަހު (މާދަމާ) ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިރޭ ބުނީ ކޮންގްރެސް ޕާޓީގެ މާލެ ސިޓީގެ މޭޔަރ ކެންޑިޑޭޓާއި އ.ތ.މ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ ޢާއިޝަތު އަލައިކާ އަދުނާން ގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މާލެ ސިޓީގެ ހުރިހާ ކެންޑިޑޭޓުން، ދޮރުން ދޮރަށް ހިނގުމުގެ ޙަރަކާތްތައް ރަސްމީކޮށް ފެށުން، 22 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި އޮންނާނެ ކަމަށެވެ.

މި ޙަރަކާތް ކުރިއަށް ދާނީ ކޮންގްރެސް ޕާޓީގެ މައި ޖަގަހަ، ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗު ކުރިމަތި) ގައި ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

 

 

ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ ވީހާވެސް ގިނަ ބޭފުޅުން މި ޙަރަކާތުގައި ބައިވެރިވެ ދެއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގައި ކަން ފާހަގަ ކުރެވެއެވެ.

 



ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް