logo
logo
ކޮންގްރެސް ޕާޓީގެ އަންހެނުންގެ އަދި ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފި

ކޮންގްރެސް ޕާޓީގެ އަންހެނުންގެ އަދި ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފި

2026 ޖެނުއަރީ 28
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ ނުވަތަ ޕީއެންސީގެ އަންހެނުންގެ އަދި ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފިއެވެ.

ކޮންގްރެސް ޕާޓީން ވަނީ މި ދެ ގޮފީގެ ހިންގާ ކޮމިޓީއަށް ހޮވުނު މެމްބަރުންނަށް ވެސް މަރުޙަބާ ކިޔައިފައެވެ.

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީއަށް 14 މެމްބަރުން އިންތިޚާބުކޮށްފައިވާއިރު، ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ގުރައިދޫ ދާއިރާގެ ރައީސް ހަނާން މުޙައްމަދު ރަޝީދުއެވެ. މި ކޮމިޓީގައި 5 އަންހެން މެމްބަރުން ހިމެނެއެވެ.

 

މީގެއިތުރުން ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފީގެ ހިންގާ ކޮމިޓީ ވެސް ވަނީ އިންތިޚާބު ކޮށްފައެވެ. އެ ކޮމިޓީގައި ޖުމްލަ 15 މެމްބަރުން ހިމެނެއެވެ. މި ކޮމިޓީގެ ރައީސަކީ ސަރުކާރުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދުއެވެ.

 

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަކީ ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެ ޕާޓީގައި 74،048 މެމްބަރުން ހިމެނެއެވެ. ދެން އެންމެ މެމްބަރުން ގިނަ އެމްޑީޕީގައި ތިބީ 43،784 މެމްބަރުންނެވެ. އެމްޑީޕީއަކީ 2005 ވަނަ އަހަރު އުފެއްދި ސިޔާސީ ޕާޓީއެކެވެ. ޕީއެންސީ އަކީ އޭގެ 13 އަހަރު ފަހުން، 2019 ވަނަ އަހަރުގެ ޖެނުއަރީ 31 ގައި އުފައްދާފައިވާ ޕާޓީއެއްކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް