
ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް 12 ރަށަކަށް ޖަނަރޭޓަރު ފޮނުވަންފަށައިފި
ޒައުޖަތު އަޙުމަދުކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް 12 ރަށަކަށް ބޭނުންވާ ޖެން ސެޓް ފޮނުވުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
މި މަސައްކަތުގެ ދަށުން 12 ރަށަކަށް ބޭނުންވާ 12 ޖެންސެޓު ފޮނުވުމަށް ވަނީ ނިންްމާފައެވެ. މީގެތެރޭގައި ހިމެނެނީ 600ކިލޯވޮޓް، 800ކިލޯވޮޓް، އަދި 1000ކިލޯވޮޓް، ގެ ޖެން ސެޓްތައް ކަަމަށެވެ.
މި ޖެންސެޓްތައް މިރަށްރަށަށް ގެންގޮސް ރޯދައިގެ ކުރިން އިންސްޓޯލްކޮށް ނިމޭނެކަމަށާއި މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ދަނީ ބޭނުން ކުރަމުންކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރައީސްގެ ނިންމެވުމާއި އެއްގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް2026 ޖެނުއަރީ 22
މި ސަރުކާރުން ބިނާކުރި ޔުޓިލިޓީ ސްކިލްސް އެކަޑަމީގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި2026 ޖެނުއަރީ 12
ޝަމާހުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި2026 ޖެނުއަރީ 12
ޝަމާޙްގެ އިތުރުން ސްޓެލްކޯގެ އިސް އެހެން މުވައްޒަފަކު ވެސް ވަކިކޮށްފި2026 ޖެނުއަރީ 11