
ރައީސްގެ ނިންމެވުމާއި އެއްގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
ޒައުޖަތު އަޙުމަދުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް އޭސީ (އެއާ ކޮންޑިޝަން) ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް، 800 މީހުންނަށްވުރެ އިތުރު ޖާގައިގެ ހުރިހާ މިސްކިތެއް އެއާކޮންޑިޝަން ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށެވެ.
ސްޓެލްކޯއިން މި މަސައްކަތް ކުރިއަށް ގެންދަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ގުޅިގެން ކަމަށެވެ.
އެ ކުންފުނިން މިއަދު ބުނީ މާލެ ސަރަހައްދުގެ މިސްކިތްތައް އެއާކޮންޑިޝަން ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތައް، ކުންފުނި ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން މިއަދު ބައްލަވާލައްވާފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި 50 އަށްވުރެ ގިނަ މިސްކިތް ހުރެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23