
މި ސަރުކާރުން ބިނާކުރި ޔުޓިލިޓީ ސްކިލްސް އެކަޑަމީގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
ޒައުޖަތު އަޙުމަދުރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބިނާކުރި ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.
ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް މިއަދު ސެޓިފިކެޓް ހަވާލުކޮށްފައިވާ ކަމަށެވެ.
މި އެކަޑަމީން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމު "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ" ގެ ނަމުގައި ހިންގާފައި ވަނީ މި މަހުގެ 4 އިން 12 އަށެވެ.
މި ތަމްރީނުގެ ފުރަތަމަ ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ކަމިންސް ކޭޓީއޭ 19 އިންޖީނުގެ އެކި ބައިތައް ދެނެގަތުމާއި، ކަމިންސްގެ ވެބްސައިޓް މެދުވެރިކޮށް ސްޕެއާ ލިސްޓު ތައްޔާރުކުރާނެ ގޮތްތަކާއި، ސަރވިސް މެނުއަލް ބޭނުންކުރާނެ ގޮތުގެ ފަންނީ މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން، އިންޖީނު އެއްކޮށް ރޫޅާލައި އަލުން ރޭވުމުގެ ޢަމަލީ ތަމްރީނާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ޤަވާޢިދުތަކަށް ވެސް މި ޕްރޮގްރާމުގައި ވަނީ އަލިއަޅުވާލާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ކ. ތުލުސްދޫގައި ސަރުކާރުން ޤާއިމްކުރި ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކެޑެމީއަކީ ޔޫޓިލިޓީ ދާއިރާއިން އިންސާނީ ވަޞީލަތް ތަރައްޤީކޮށް، އެ ދާއިރާއިން މީހުން ބިނާކޮށް، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމަށް ސްޓެލްކޯއިން ޤާއިމްކޮށްފައިވާ މަރުކަޒެކެވެ. ނިމިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މި މަރުކަޒު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރައީސްގެ ނިންމެވުމާއި އެއްގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް2026 ޖެނުއަރީ 22
ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް 12 ރަށަކަށް ޖަނަރޭޓަރު ފޮނުވަންފަށައިފި2026 ޖެނުއަރީ 19
ޝަމާހުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި2026 ޖެނުއަރީ 12
ޝަމާޙްގެ އިތުރުން ސްޓެލްކޯގެ އިސް އެހެން މުވައްޒަފަކު ވެސް ވަކިކޮށްފި2026 ޖެނުއަރީ 11