
ޝަމާހުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކި ކުރި އަހްމަދު ޝަމާހު ރަޝީދުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
އޭސީސީގެ އޮފިޝަލަކު ވިދާޅުވީ، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރެއްގެ މައްޗަށް ތުހުމަތުވާގޮތަށް މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ޝަމާހު ސްޓެލްކޯގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުން ވަކިކޮއްފައި ވަނީ އިއްޔެގައެވެ.
ޝަމާހު މީގެކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވިއެވެ. ކުންފުނި ހިންގުމުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވުމުން އޭނާ މަގާމުން ވަކިކުރީ މެއި 21، 2024 ގައެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ކުރިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރައީސްގެ ނިންމެވުމާއި އެއްގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް2026 ޖެނުއަރީ 22
ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް 12 ރަށަކަށް ޖަނަރޭޓަރު ފޮނުވަންފަށައިފި2026 ޖެނުއަރީ 19
މި ސަރުކާރުން ބިނާކުރި ޔުޓިލިޓީ ސްކިލްސް އެކަޑަމީގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި2026 ޖެނުއަރީ 12
ޝަމާޙްގެ އިތުރުން ސްޓެލްކޯގެ އިސް އެހެން މުވައްޒަފަކު ވެސް ވަކިކޮށްފި2026 ޖެނުއަރީ 11