
މޫސާ ޖަލީލުގެ ކެމްޕޭނު ޖަގަހަ ހުޅުވުން އާދީއްތަ ދުވަހުގެ ރޭ ބާއްވަނީ
ޒައުޖަތު އަޙުމަދުކޮންގްރެސް ޕާޓީ، ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލުގެ ކެމްޕޭނު ޖަގަހަ ހުޅުވުން އާދީއްތަ ދުވަހުގެ ރޭ ބާއްވާނެ ކަމަށް ކޮންގްރެސް ޕާޓީން ބުނެފިއެވެ.
ކައުންސިލް އިންތިޚާބުގެ ޕީއެންސީގެ ކެމްޕޭނު ލީޑަރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރު އިބުރާހީމް ފަލާޙް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޭޖަރ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލުގެ ކެމްޕޭނު ޖަގަހަ ހުޅުވުން އާދީއްތަ ދުވަހުގެ ރޭ ބާއްވާނެ ކަމަށެވެ.
މޫސާ ޖަލީލުގެ ކެމްޕޭނު ޖަގަހަ ހަދާފައި ވަނީ ޕީއެންސީގެ އޮފީސް ކުރިން ހިންގި ދޮންމަނިކު ސްކައިވިއު ރެސްޓޯރެންޓްގެ ތިރީ ބައިގައެވެ.
މި ޖަގަހަ ހުޅުވަން ހަމަޖެހިފައި ވަނީ ޖަނަވަރީ 18 ވާ އާދީއްތަ ދުވަހުގެ ރޭ 8:30 ގައެވެ.
މި ޙަރަކާތަށް ވަޑައިގެންދެއްވުމަށް ފަލާޙް ވަނީ މޫސާ ޖަލީލުގެ ހުރިހާ ސަޕޯޓަރުންނަށް ދަޢުވަތު ދެއްވައިފައެވެ.
ލޯކަލް ކައުންސިލްތަކުގެ އަދި ޑަބުލިއުޑީސީތަކުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ގައެވެ.
މޫސާ ޢަލީ ޖަލީލުގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޓިކެޓުގައި މިހާޜުގެ މޭޔަރު އާދަމް އާޒިމް އަދި ރައީސް ޔާމީނު އުފެއްދެވި ޕާޓީ ޕީއެންއެފުގެ ޓިކެޓުގައި ވާދަ ކުރައްވާ އިސްމާޢީލު ޒަރިޔަންދު ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު މޫސާ ޖަލީލަށް ތާޢީދުކުރައްވަން ނިންމަވައިފި2026 މާރިޗު 22
ކައުންސިލްތައް ބާކީކޮށް ބާރު ކަނޑުވާލުމަކީ ގަބޫލުކުރާ ކަމެއް ނޫން: ރައީސް 2026 މާރިޗު 14
ކައުންސިލް އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް އިތުރު ވަގުތު ދީފި2026 މާރިޗު 03
ވޯޓުފޮށި ބަހައްޓާނީ 21 ރިސޯޓުގައި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާނެ2026 ފެބްރުއަރީ 24