ރަސްމާލެ ސައިޓް އޭއިން 71 ހެކްޓަރުގެ ބިން ހިއްކައިފި
ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް، ސައިޓް އޭއިން 71 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި ނިންމާފައިވާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލްއިން ބުނެފިއެވެ.
އެމްއޭސީއެލްއިން ބުނީ ރަސްމާލެ ސައިޓް އޭއިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 71 ހެކްޓަރު މިހާތަނަށް ހިއްކައި ނިމިފައިވާ ކަމަށާއި މިއާއެކު މި ޕްރޮޖެކްޓުގެ 51.64 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފައެވެ.
މާލެ އަތޮޅު ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ރަސްމާލެ ތަރައްގީކުރަނީ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައެވެ.
އިތުރަށް





.gif.gif&w=828&q=100)
