logo
logo
ގޭހުގެ އެޑްވާންސް ފައިސާ ގެއްލުނު މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ގޭހުގެ އެޑްވާންސް ފައިސާ ގެއްލުނު މައްސަލަ މަޖިލީހަށް ހުށަހަޅައިފި

2026 ޖެނުއަރީ 14
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މޯލްޑިވް ގޭހުން ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސަށް ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ ތަޙުޤީޤު ކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅައިފިއެވެ. 

ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ނުވަތަ އެސްއޯއީ ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހުގައި، ދައުލަތުގެ ކުންފުނިތައް ޒިންމާދާރު ކުރުވަން އޮންނަ ކޮމިޓީއެކެވެ.

މި މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު އަޙުމަދު ޝާކިރެވެ. އޭނާއަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެކެވެ.

މެމްބަރު ޝާކިރު ފޮނުއްވި ސިޓީގައި ވަނީ މޯލްޑިވްސް ގޭހުގެ ގޭސް ޝިޕްމަންޓުގެ އެޑްވާންސަށް ދެއްކި 246،645 ޑޮލަރު ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށާ އެ ފައިސާ އަދިވެސް ނުފެންނާތީ، އެ މައްސަލައިގެ ތަޙުޤީޤެއް ހިންގައިދޭން އެދޭ ކަމަށެވެ.

ޝާކިރުގެ ސިޓީގައިވާ ގޮތުން ގެއްލިފައިވާ މި ފައިސާއަކީ މޯލްޑިވްސް ގޭސް އިން އޮކްޓޫބަރު 2024 ގައި އޯޑަރު ކޮށްފައިވާ 800،000 ޑޮލަރުގެ ގޭސް ޝިޕްމެންޓުގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246،645 ޑޮލަރެވެ.

އެސްއޯއީ ކޮމިޓީއަށް ޝާކިރު ފޮނުއްވި ސިޓީގައި ވަނީ އެކަމުގެ މަޢުލޫމާތު ހޯދުމުގެ އިތުރުން ފުރިހަމަ ތަޙުޤީޤެއް އެ ކޮމިޓީ މެދުވެރިކޮށް ހިންގައިދެއްވުން އެދިފައެވެ. 

މީގެއިތުރުން އޭނާގެ ސިޓީގައި ވަނީ މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله މުޙައްމަދަށް ވެސް ތުޙުމަތެއް ކުރައްވައިފަ އެވެ. އެގޮތުން ޢަބްދުﷲ ވަނީ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޙުސައިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު ޝަމްހީދަށް ބިރުދެއްކެވުން ކަމަށް ދޭހަވާ ގޮތަށް ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރައްވައިފައި ކަމަށާއި އެ މައްސަލަ ވެސް ބަލައިދޭން އޭނާ ވަނީ އެދިވަޑައިގެންފައިވެއެވެ. 

ގޭސް ޝިޕްމަންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ މިދިޔަ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް އެ ވާހަކަ ދެއްކެވުމުންނެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް