ކުރިއެކޭ އެއްގޮތަށް ކައްކާ ގޭސް މިހާރު ލިބޭނެ: މޯލްޑިވް ގޭސް

ކައްކާ ގޭސް ލިބުމުގައި ދާދިފަހުން ދިމާވި ދަތިތައް ހައްލުކޮށް، ކުރިއެކޭ އެއްގޮތަށް ހުރިހާ ސައިޒެއްގެ ކައްކާ ގޭސް ފުޅި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވް ގޭހުން ހާމަކޮށްފިއެވެ.
މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ގޭހުގެ ސްޓޮކް މިހާރު އިޔާދަކުރެވިފައިވާ ކަމަށާއި، މިއަދުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދެމުންދާނެ ކަމަށެވެ.
ކުރިއަށް އޮތް ރަމަޟާން މަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން، "ކުރިއަށް އޮތް ތަނުގައި އެއްވެސް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބޭނެ، މި ރޯދަމަހުވެސް ކައްކާގޭސް އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް" އެމްޑީ ޢަބްދުﷲ ވިދާޅުވިއެވެ.
އާންމު ގޮތެއްގައި ރަމަޟާން މަހަކީ ކައްކާ ގޭހަށް އޮންނަ ޑިމާންޑު ބޮޑުތަނުން އިތުރުވާ މަހެކެވެ. އެހެންކަމުން، ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މެދު ނުކެނޑި ގޭހާއި އެހެނިހެން އަސާސީ ކާބޯތަކެތި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)
