
ރިޝްވަތުގެ 2 ދަޢުވާ ސާބިތުވެ، މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ 12 އަހަރަށް ޖަލަށްލާން ޙުކުްމްކޮށްފި
ޒައުޖަތު އަޙުމަދުރިޝްވަތުގެ 2 ދަޢުވާ ސާބިތުވެ، މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު ޢަބްދުﷲ މައުމޫން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފިއެވެ.
ދައުލަތުން އޭނާގެ މައްޗަށް 7 ދަޢުވާ ކުރީ، މޯލްޑިވް ގޭސްގެ މެނޭޖިން ޑައިރެކްޓަރަކަށް ހުރިއިރު، 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެއެވެ.
އެ ދެ ދައުވާ ސާބިތުވުމުން މައުމޫންގެ މައްޗަށް ކޯޓުން އިއްވީ ޖުމްލަ 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. މި ދެ ދަޢުވާގެ އިތުރުން މައުމޫންގެ މައްޗަށް ކުރާ އިތުރު ފަސް ދަޢުވާއެއް އަދި ބާކީ އެބައޮތެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އެންމެ ބާރުގަދަ ކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭކަމަށް ބުނާ މައުމޫން ވަނީ ޕީޕީއެމްގެ ވެރިކަން ނިމުމާއެކު، އެ މައްސަލަތައް އޭސީސީން ބަލަމުން ދަނިކޮށް ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. އަދި މިދިޔަ އަހަރު ކުރީކޮޅު އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރިފަހުން އޭނާ އަމިއްލައަށް ރާއްޖެ އައުމުން، އޭނާ ފުރުން މަނާކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ޤާނޫނުލްޢުޤޫބާތުގެ ދަށުން ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށްވީ ނަމަވެސް ދައުލަތުން އެދިފައިވަނީ އަދަބުގެ ދަރަޖަ މަތިކޮށް، ބޮޑު އަދަބެއް މައުމޫންގެ މައްޗަށް ދިނުމަށެވެ. އެހެންވެ، ކޯޓުން ވަނީ އަދަބުގެ މިންވަރު މަތިކޮށްފައެވެ.
ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ ޕީޕީއެމް ސަރުކާރުގެ ވެރިއަކު ޖަލަށްލާން މިއަދު ޙުކުމް ކުރިއިރު، ނިމިދިޔަ އެމްޑީގެ ސަރުކާރުގެ ފެނަކަ މެނޭޖިން ޑައިރެކްޓަރ އަޙުމަދު ސަޢީދުގެ މައްޗަށް ވެސް ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލަށް ލާން، ނިމުނު ހަފްތާގައި ޙުކުމްކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރޯދަމަހު ދުވާލު ކައިގެން 2 މީހަކު ހައްޔަރުކޮށްފި!2026 ފެބްރުއަރީ 19
ކުރިއެކޭ އެއްގޮތަށް ކައްކާ ގޭސް މިހާރު ލިބޭނެ: މޯލްޑިވް ގޭސް2026 ފެބްރުއަރީ 17
މައްސަލަ ހައްލުވެެއްޖެ، ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ: އެސްޓީއޯ2026 ފެބްރުއަރީ 17