
އެސްޓީއޯ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރަނީ
އެސްޓީއޯގެ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.
އެސްޓީއޯއިން ވިދާޅުވީ، އެސްޓީއޯގެ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމާ އެކަމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެކި މަރުހަލާތަކަށް ބަހާލައިގެން އެ މަސައްކަތް ކުރާއިރު އަންނަ މަހުގެ 15ގެ ނިޔަލަށް ފާރމަސީތައް ބަދަލުކޮށް ނިމޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
މިމަސައްކަތުގެ ދަށުން އެސްޓީއޯގެ 190 އަށްވުރެ ގިނަ ފާރމަސީ ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ.
މި ކުންފުންޏަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެ ކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުސަދުގައި އުފައްދަވާފައިވާ ކުންފުންޏެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މަސްވެރިންނަށް ކުރިއެކޭ ވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ: މިފްކޯ2026 މާރިޗު 17
ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި2026 މާރިޗު 04
މައްސަލަ ހައްލުވެެއްޖެ، ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ: އެސްޓީއޯ2026 ފެބްރުއަރީ 17
ގޭހަކަށް ނުޖެހެ، ވަރަށް އަވަހަށް މައްސަލަ ހައްލުވާނެ: އެސްޓީއޯ2026 ފެބްރުއަރީ 09