
އެފްއޭކަޕުގައި ކުޅުނު ފުރަތަމަ ބުރުން މެން ޔޫ ކަޓައިފި
އިނގިރޭސި އެފްއޭ ކަޕްގައި މެންޗެސްޓާ ޔުނައިޓެޑް، ބްރައިޓަންއާ ވާދަކޮށް 2-1 އިން ބަލިވެއްޖެ އެވެ.
ޔުނައިޓެޑް މި ވަނީ އިންގްލެންޑްގެ ޑޮމެސްޓިކް ދެ މުބާރާތުން ވެސް ވާދަކުރި ފުރަތަމަ ބުރުން ކަޓައިފަ އެވެ. ލީގް ކަޕުން ކެޓީ އެ މުބާރާތުގެ ދެވަނަ ބުރުގައި ގްރިމްސްބީ ޓައުންއާ ވާދަކޮށް 2-2 އިން އެއްވަރުވެގެން ޕެނަލްޓީގައި 12-11 އިންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ބްރައިޓަންއެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަހްނ ގްރޫޑާއެވެ. ލީޑުގައި އޮވެ ދެވަނަ ހާފު ފަށައި، ދެވަނަ ހާފުގައި، މެޗުގެ 64 ވަނަ މިނެޓުގައި ބްރައިޓަން އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކްއެވެ.
މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް ބެންޖަމިން ސެސްކޯ ޖަހައިދިން ލަނޑެކެވެ.
ބްރައިޓަން އަތުން ބަލިވެ ޔުނައިޓެޑަށް އެފްއޭ ކަޕް ނިމުނުއިރު، މި މެޗުގެ ކުރިން އެންމެފަހުން ކުޅުނު ތިން މެޗުގައި ވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައެއް ނުވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most



