logo
logo
ފޮޓޯ: ގެޓީ އިމޭޖަސް

10 އަހަރު ފަހުން އެންފީލްޑްގައި ޔުނައިޓެޑުން ލިވާޕޫލް ބަލިކޮށްފި

2025 އޮކްޓޯބަރު 20
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ލިވާޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑްގައި ޔުނައިޓެޑުން އެ ޓީމު ބަލިކޮށްފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މި މެޗު މެންޔޫއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ މެޗުގެ ދެވަނަ މިނެޓުގައި ޔުނައިޓެޑުގެ ބްރަޔަން އެމްބުއެމޯއެވެ. އެއަށްފަހު ލިވަޕޫލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ 78 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯއެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ޑިފެންޑަރު ހެރީ މެގުއާއެވެ.

މިއަކީ މެންޗެސްޓަރ ޔުނައިޓެޑްއަށް ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެންފީލްޑްގައި މޮލުވެވުނު ފުރަތަމަ ފަހަރެވެ. ރޫބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ވިދިވިދިގެން ދެ މެޗު ކާމިޔާބުކުރުމާއެކު، ޔުނައިޓެޑުން ވަނީ މި ސީޒަނުގައި ޕްރީމިއަރ ލީގުގެ ޗެންޕިއަން ބަލިކުރުމާއެކު، ވޯލްޑް ޗެންޕިއަން. ޗެލްސީވެސް މި ސީޒަނުގައި ބަލިކޮށްފައެވެ.

މި މޮޅާއެކު ޔުނައިޓެޑް ވަނީ 8 މެޗުން 13 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ 15 ޕޮއިންޓާއެކު ހަތަރުވަނައަށް ވެއްޓިފައެވެ. ލިވަޕޫލްއަށް ވުރެ ކުރީގައި މިވަގުތު އޮތީ 15 ޕޮއިންޓާއެކު ބޯންމަތާއި، 16 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އަދި 19 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އާސެނަލްއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް