
ފުލުގައި އޮތް ވުލްވްސް އަތުން އަސެނަލަށް މޮޅު ނުވެވުނު!
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ލީގުގެ ފުލުގައި އޮތް ވުލްވްސް އިން ފަހަތުން އަރައި، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލްއާ 2-2 އިން އެއްވަރުކޮށްފި އެވެ.
ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި ޑެކްލަން ރައިސް ދިން ބޯޅައަކުން އާސެނަލަށް ލީޑުނަގައިދިނީ ބުކާޔޯ ސަކާ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެންް 11 މިނިޓް ތެރޭ އާސެނަލްގެ ޕިއޭރޯ ހިންކަޕިއޭ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ، މެޗުގެ 56 ވަނަ މިނިޓްގައި ހިންކަޕިއޭ ޖެހި މި ލަނޑު ބަލައިގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
އާސެނަލުން ދެ ގޯލުގެ ލީޑެއް ނެގިތާ ފަސް މިނިޓް ތެރޭ، މެޗުގެ 61 ވަނަ މިނިޓްގައި ހޫގޯ ބުއޭނޯ އޭރިއާ ރޮނގުމަތިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލާ އެކު ވުލްވްސް އިން އުންމީދެއް ހޯދި އެވެ.
އިތުރު ވަގުތުގެ ހަތަރު ވަނަ މިިނިޓްގައި، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ އާއި ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް އަށް ވާހަކަ ނުދެއްކި ހެދުނު ގޯހެއްގެ ފައިދާނަގައި، ވުލްވްސްގެ ޓޮމް އިޑޯޒީ ޖެހި ޝޮޓް ގޯލަށް ވަނީ އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ އަތުންް ބައިކޮޅަށެވެ.
މި ނަތީޖާ އާއިއެކު އާސެނަލް އަށް ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނި 53 ޕޮއިންޓެވެ. ތާވަލުގެ ފުލުގައި އޮތް ވޮލްވްސް އަށް 27 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޗެންޕިއަންސް ލީގު: ވަރުގަދަ އެތްލެޓިކޯ މެޑްރިޑް އަތުން އާސެނަލް އަށް ފަސޭހަ މޮޅެއް!2025 އޮކްޓޯބަރު 22
10 އަހަރު ފަހުން އެންފީލްޑްގައި ޔުނައިޓެޑުން ލިވާޕޫލް ބަލިކޮށްފި2025 އޮކްޓޯބަރު 20
މެންޔޫއިން ދުނިޔޭގެ ޗެންޕިއަނުން ބަލިކޮށްފި2025 ސެޕްޓެމްބަރު 21
ބާރންލީ އަތުން ޔުނިޓެޑް ސަލާމަތްވީ ހަމަ ކިރިޔާ!2025 އޯގަސްޓު 31