logologologologo
STO
ކުޅިވަރު

އިނގިރޭސި ރެކޯޑު ފީއަކަށް ރޮޖާސް ޗެލްސީއަށް ސޮއިކޮށްފި

Getty Images
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 22

އެސްޓަން ވިލާއަށް ކުޅެމުންއައި އިނގިރޭސި މިޑްފީލްޑަރު މޯގަން ރޮޖާސް، ބްރިޓިޝް ރެކޯޑު ފީއެއް ކަމަށްވާ 117 މިލިއަން ޕައުންޑަށް ޗެލްސީއަށް ސޮއިކޮށްފިއެވެ.

އެމެރިކާގައި ނިމިގެންދިޔަ ވޯލްޑް ކަޕް މުބާރާތުގައި އިނގިރޭސި ޤައުމީ ޓީމަށް ކުޅުމަށްފަހު އެނބުރި އައިސް، ރޮޖާސް ވަނީ ލަންޑަންގައި މެޑިކަލް ފުރިހަމަކޮށް، ޗެލްސީއާއެކު 6 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އިތުރު އަހަރަކަށް މުއްދަތު އިތުރުކުރުމުގެ އޮޕްޝަނެއްވެސް ހިމެނެއެވެ.

ޗެލްސީއަށް ސޮއިކުރުމަށްފަހު ރޮޖާސް ބުނީ، އޭނާ ގުޅުނީ ލަންޑަންގެ އެންމެ ބޮޑު ކްލަބާ ކަމަށެވެ. ކްލަބް ކުރިއަށްގެންދަން ރާވާފައިވާ ގޮތާއި އަމާޒުތަކަކީ އޭނާވެސް ބައިވެރިވާން ބޭނުންވާ ކަންތައްތަކެއް ކަމަށާއި، ކްލަބަށް ކުޅެން ފެށުމަށް ކެއްމަދުވެފައި ހުރި ކަމަށް އޭނާ ފާހަގަކުރިއެވެ.

ރޮޖާސް ހޯދުމަށް އާސެނަލްއިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ޗެލްސީން ވަނީ 48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އައިސްފައެވެ.

ޗެލްސީން ރޮޖާސްއަށް ފާރަލަމުންދާތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާއަކީ ޗެލްސީގެ މި ޓްރާންފާ މާކެޓުގައި އެންމެ ބޮޑަށް ގެންނަން ބޭނުންވި އެޓޭކިން ޓާގެޓެވެ. ވޯލްޑް ކަޕް ސެމީ ފައިނަލުން އިނގިރޭސީން ކެޓުމާއެކު، ޗެލްސީގެ ކޯޗު ޒާބީ އަލޮންސޯ، ކޯ-އޯނަރު ބެހްދާދް އިގްބާލީ އަދި ކެޕްޓަން ރީސް ޖޭމްސް ވަނީ ރޮޖާސް ޗެލްސީއަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެސްޓަން ވިލާއިން އާސެނަލްއަށް ޗެލްސީގެ ބިޑާ އެއްވަރުކުރުމުގެ ފުރުސަތު ދިން ނަމަވެސް، އާސެނަލްއިން ވަނީ އެ އަގުގައި ބިޑުނުކުރަން ނިންމައި، ބްރެޑްލީ ބާކޯލާ އަދި ޖޫނިއާ ކްރޫޕީ ފަދަ އެހެން ކުޅުންތެރިންނަށް އަމާޒުހިފާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް