
މެންޔޫގެ އެއް ނަންބަރު ކީޕަރު އޮނާނާ ތުރުކީއަށް ފޮނުވާލައިފި
އިނގިރޭސި ޕްރިމިއާ ލީގު ކުލަބް މެންޗެސްޓަރ ޔުނައިޓެޑްގެ އެއް ނަންބަރު ގޯލްކީޕަރު އޮނާނާ ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ޓްރަބްޒޯންސްޕޯރަށް ބަދަލުވާން ނިންމައިފިއެވެ.
އުމުރުން 29 އަހަރުގެ އޮނާނާ މެންޔޫއިން ގަނެފައި ވަނީ 47.2 މިލިއަން ޕައުންޑަށް އިޓަލީގެ އިންޓަރ މިލާނުންނެވެ.
މިދިޔަ ސީސަންގައި އޮނާނާވަނީ މެންޔޫއާއި އެކީ ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅެފައެވެ. އެމެޗުގައި ޓޮޓެންހަމް އަތުން މެންޔޫ ވަނީ ބަލުވެފައެވެ. އޭގެ ފަހުން އޮނާނާ އެންމެ ފަހުން ކުޅެފައިވަނީ އީއެފްއެލް ކަޕްގެ މެޗެކެވެ. އިނގިރޭސި ހަތަރުވަނަ ޑިވިޝަނުގެ ކްލަބު ގްރިންމްސްބީ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޮނާނާގެ ގިނަ މިސްޓޭކްތަކެއް ފެނިގެން ދިޔައިރު އެ މެޗުން މެންޔޫ ވަނީ ބަލި ވެފައެވެ.
މެންޔޫގެ ލެޖެންޑް ގޯލްކީޕަރު ޑިހެޔާގެ ބަދަލެއްގެ ގޮތުގައި ގެނައި އޮނާނާގެ ފަރާތުން ތަކުރާރުކޮށް މިފަދަ މިސްޓޭކްތަށް ފެންނަމުން ދިއުމުން ކުލަބުގެ ސަޕޯޓަރުން ދިޔައީ އޭނާ ކުލަބުން ބޭރުކުރުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.
ޓްރާންސްފާ މާކެޓުގެ އެންމެފަހުދުވަހު ރޯޔަލް އެންޓްވާޕްއިން ސެނޭ ލެމަންސް ގެނައުމުން އޮނާނާ ނުވަތަ މެންޔޫގެ ދެވަނަ ކީޕަރު އަލްތޭ ބައިންދިރު މެންޔުން ފޮނުވާލާނެކަމަށް އޮތީ ބެލެވިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
10 އަހަރު ފަހުން އެންފީލްޑްގައި ޔުނައިޓެޑުން ލިވާޕޫލް ބަލިކޮށްފި2025 އޮކްޓޯބަރު 20
މެންޔޫއިން ދުނިޔޭގެ ޗެންޕިއަނުން ބަލިކޮށްފި2025 ސެޕްޓެމްބަރު 21
ބާރންލީ އަތުން ޔުނިޓެޑް ސަލާމަތްވީ ހަމަ ކިރިޔާ!2025 އޯގަސްޓު 31
މިސީޒަނުގައި ވެސް ޔުނައިޓެޑް ދަނީ ހަމަ "ޗޮކުން"، ހަތަރު ވަނަ ޑިވިޝަނުގެ ޓީމަކުން ޔުނައިޓެޑް ކަޓުވާލައިފި2025 އޯގަސްޓު 28