
ބާރންލީ އަތުން ޔުނިޓެޑް ސަލާމަތްވީ ހަމަ ކިރިޔާ!
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާރންލީ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮލުވެއްޖެއެވެ އެވެ.
މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު, ޔުނައިޓެޑްގެ ފުރަތަމަ ގޯލަކީ ބާރންލީގެ ކުޅުންތެރިއެއްގެއަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި ބާރންލީގެ ލައިލް ފޮސްޓަރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ ބާރންލީ އިން މެޗުގެ ނަތީޖާ އެއްވަރުކުރިތާ ދެ މިނިޓު ފަހުން ބްރަޔަން އެމްބުއޭމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުގައި ދެވަނަ ފަހަރަށް ބާރންލީ އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައ ބައިންދިރް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖެއިޑަން އެންތޮނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގައި ޔުނައިޑެޓުން މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެވެސް އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮއްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުގެ އެއް ނަންބަރު ކީޕަރު އޮނާނާގެ ފަރާތުން ފެނުނު ގޯސްތަކުގެ ސަބަބުން މި މެޗުގައި އޭނަގެ ބަދަލުގައި އެރުވި އަލްތޭ ބައިންދިރްގެ ފަރާތުންވެސް ވަނީ ގޯސްތަކެއް ފެނިގެން ގޮސްފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
10 އަހަރު ފަހުން އެންފީލްޑްގައި ޔުނައިޓެޑުން ލިވާޕޫލް ބަލިކޮށްފި2025 އޮކްޓޯބަރު 20
މެންޔޫއިން ދުނިޔޭގެ ޗެންޕިއަނުން ބަލިކޮށްފި2025 ސެޕްޓެމްބަރު 21
މެންޔޫގެ އެއް ނަންބަރު ކީޕަރު އޮނާނާ ތުރުކީއަށް ފޮނުވާލައިފި2025 ސެޕްޓެމްބަރު 08
މިސީޒަނުގައި ވެސް ޔުނައިޓެޑް ދަނީ ހަމަ "ޗޮކުން"، ހަތަރު ވަނަ ޑިވިޝަނުގެ ޓީމަކުން ޔުނައިޓެޑް ކަޓުވާލައިފި2025 އޯގަސްޓު 28