
ތާރީޚީ ބަދަލެއް، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ސަރުކާރުން ބޮޑުކަންނެލި ގަންނަން ފަށައިފި!
ޒައުޖަތު އަޙުމަދުކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް، ސަރުކާރުން ރަސްމީކޮށް ބޮޑުކަންނެލި ގަންނަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވެއްޖެއެވެ.
ސީއީއޯ ޝަހީރު މިހެން ވިދާޅުވީ، ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ގަންނަން ފެށުމާ ގުޅިގެން، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމްއާއެކު ކަނޑުއޮތްގިރީގައި މަސައްކަތް ކުރިއަށްދާގޮތް އިއްޔެ ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
ކަނޑުއޮތްގިރީގައި މިފްކޯގެ އޮޕަރޭޝަންތައް ފަށާފައިވާއިރު ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަހުގެ ތެރެއިން 15 ކިލޯއިން ފެށިގެން މަތީގެ ކަންނެލި 25 ރުފިޔާގެ ރޭޓުން މި ކަނޑުއޮތްގިރިންނާ އަދި އެ ސަރަހައްދުން ގަންނަމުންދާނެ ކަމަށް ފަރުޙަތު ވިދާޅުވިއެވެ.
މީގެއިތުރުން، ކަނޑުއޮތްގިރިން ކުރިއަށް އޮތްތަނުގައި، ކޯލްޑް ސްޓޯރޭޖާއި އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތުގެ އިތުރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ފަށާނެކަމަށް ފަރުޙަތު ވިދާޅުވިއެވެ.
ފަރުޙަތު ވިދާޅުވީ ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން ކަނޑުއޮތްގިރީގެ ފެސިލިޓީ ބޭނުންކޮށްގެން މަސްވެރިންނަށް ޚިދުމަތްދިނުމަށް މިފްކޯ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.
ފަރުޙަތު އިތުރަށް ވިދާޅުވީ، ވަޒީރު ޝިޔާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެ މުހިއްމު މަސައްކަތްތައް ފެށިގެން މިދިޔައީ މިފްކޯގެ ހީވާގި މުވައްޒަފުންގެ ޓީމުން މި މަސައްކަތްތައް ކުރިއަށްގެންދަވާނެ ގޮތް ވަރަށް ފުރިހަމައަށް ރާވާލައި، އެ ކުންފުނީގެ އުޅަނދުތައް ކަނޑުއޮތްގިރީގައި ގާއިމުވެ އޮވެވޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމުން ކަމަށެވެ.
ސީއީއޯގެ ވާހަކަ ނިންމަވާލައްވަމުން ވަނީ، ކުރިއަށްއޮތްތަނުގައި މަސް ޕްރޮސެސް ކުރުމުގެ އިތުރުން އެހެނިހެން ޕްރޮސެސިންގ ސެންޓަރުތަކަށް ގެންގޮސްގެން އަދި ޕްރޮސެސްކޮށްގެން ރައްޔިތުންނާ ހަމައަށާއި، ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން މަަސްވެރިކަމާއި ކަންޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކަޅުބިލަމަހުގެ މަސްވެރިންނަށާއި، ބޮޑު ކަންނެލީގެ މަސްވެރިންނަށްވެސް ވަރަަށް ގިނަ ކަންތައްތަކެއް މި ސަރުކާރުން ކޮށްދީފައިވާ ކަމަށެވެ.
ބޮޑުކަންނެލީގެ މަސްވެރިން ވަނީ އެ ސިނާޢަތުގެ ތެރެއަށް ސަރުކާރުން ވަދެ، ސަރުކާރުގެ ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ސަރުކާރުގައި އެދިފައިކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަމިއްލަ ކުންފުނިތަކުން ރިޖެކްޓްކުރާ ކުދި ސައިޒުގެ ކަންނެލި ވެސް މިފްކޯއިން ގަންނަންފަށައިފި!2026 ޖެނުއަރީ 21
48 ގަޑިއިރުތެރޭ ފަައިސާ ދޫކުރަން ފެެށިފަހުން މަސްވެރިންނަށް 900 މިލިއަން ރުފިޔާ2025 ޑިސެމްބަރު 10
މިފްކޯއިން މިހާރު ކޮންމެ ދެދުވަހުން އެއްދުވަހު މަސްވެރިންނަށް ފައިސާ ދޫކުރޭ 2025 ސެޕްޓެމްބަރު 04
މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށައިފި: ފުރަތަމަ ދުވަހުވެސް 6 ޓަނު މަސް2025 އޯގަސްޓު 31