logo
logo
48 ގަޑިއިރުތެރޭ ފަައިސާ ދޫކުރަން ފެެށިފަހުން މަސްވެރިންނަށް 900 މިލިއަން ރުފިޔާ

48 ގަޑިއިރުތެރޭ ފަައިސާ ދޫކުރަން ފެެށިފަހުން މަސްވެރިންނަށް 900 މިލިއަން ރުފިޔާ

2025 ޑިސެމްބަރު 10
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މަސްވެރިކަމަކީ ދިވެހިންގެ ލޭ ނާރެވެ. ދިވެހިން ޒަމާނުންނުސުރެ ކުރަމުން އައި މި މަސައްކަތަކީ ދިވެހިންގެ ދިރިއުޅުމާއި ސަގާފަތާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ މަސައްކަތަކަށް ވީނަމަވެސް ވޭތުވެދިޔަ އަހަރު ކުރީގެ ސަރުކާރުތަކުގައި މި ސިނާއަތަށް އޮތީ ވަރަށް ބޮޑަށް އިހުމާލު ވެފައެވެ. އެ ސަރުކާރުތަކުގައި މަސްވެރިންނަށް ވަނީ އެތަކެއް ހުވަފެންތަކާއި ދަޅަތަކެއް ދައްކާފައެވެ.

ނަމަވެސް މިކަން ބަދަލުވެގެން އައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ޒައާމަތުގައެވެ. އެމަނިކުފާނު މަސްވެރިކަމުގެ ދާއިރާއަށް އެކަށައަޅާފައިވާ ސިޔާސަތުތަކާއި ގެނައުމަށް ކަނޑައަޅާފައިވާ ބަދަލުތަކާއި ގުޅިގެން މަސްވެރިންނަށް މިހާރު މިވަނީ އައު އުންމީދުތަކެއް ލިބިގެން ގޮސްފައެވެ.

48 ގަޑިއިރު ތެރޭ މަސްވެރިންނަށް ދަނީ ފައިސާ ދޫކުރަމުން!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި އިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަަށް އަޑީ އަޅާލާފައެވެ. މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ އެމީހުން ބުރަ މަސައްކަތުން ބާނާ މަހަށް ފައިސާ ނުލިބޭ ޝަކުވާއެވެ. ރައީސް ވަނީ މަސްވެރިންގެ މި ޝަކުވާތަށް ވަރަށް ގާތުން އަަޑު އައްސަވާ، މަސްވެރިންނަށް ދިމާވެފައިވާ މި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ރައީސްގެ ރިޔާސީ ވައުދާއި އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް ލަސްވެގެން 48 ގަޑިއިރުގެ ތެރޭ ފައިސާ ލިބޭނެ އިންތިޒާމު ރައީސް ވަނީ ހަމަގައްސަވާފައެވެ.

ރައީސް ޑރ. މުހައްމަަދު މުއިއްޒު ވެރިކަމާ ހަވާލުވި އިރު ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަން ރުފިޔާވެސް މި ސަރުކާރުގައި މަސްވެރިންނަށް ވަނީ ދީފައެވެ. އޭގެ ފަހުން 10 ޑިސެންބަރު 2024 އިންފެށިގެން 48 ގަޑިއުރުގެ ތެރޭގައި މަސްވެރިންނަށް ވަނީ ފައިސާދޫކުރަން ފަށަފަައެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދަައްކާގޮތުން 10 ޑިސެންބަރު 2024 އިން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފަައިސާ ދޫކުރަން ފެށި ފަހުން މިއަދާއި ހަމައަށް އެ ކުންފުނިން މަސްވެރިންނަށް ވަނީ 900 މިލިއަން ރުފިޔާއަށް ވުރެ ގިނައިން މަސްވެރިންނަށް ފައިސާ ދޫކޮށްފައެވެ.

ވައުދާއި އެއްގޮތަށް މަޝްރޫއުތައް ބާރަށް ކުރިއަށް!

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިން ބާނާ މަސް މިފްކޯއަށް ކިރުވޭނެ ކެޕޭސިޓީ އެ ކުންފުނީގައި ނެތުމެވެ. މަސްވެރިކަން ކުރާ އުޅަނދުފަހަރު ޒަމާނާއި އެއްގޮތަށް ބަދަލުވެގެން އައި އިރު މިފްކޯއަށް އަންނަންޖެހޭ ޒަމާނީ ކުރިއެރުންތަށް އޮތީ މިދިޔަ ސަރުކާރުތަކުން ނުގެނެސް މަޑު ޖައްސާާފައެވެ. ކުރީގެ ސަރުކާރު ތަކުން މިފްކޯއަށް މަސްކިރުވޭ މިންވަރު އިތުރުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކޮއްފައެއް ނުވެއެވެ. މިކަންވެސް ބަދަލު ކުރެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައެވެ.

އެގޮތުން ކުރީ ސަރުކާރުން މަޑު ދުވެލީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ދުވެލި މިސަރުކާރުގައި ވަނީ ހަލުވި ކޮއްފައެވެ. މީގެ އިތުރުން މި ސަރުކާރުންވަނީ އިތުރު ކާރުހާނާތަކުގެ މަސައްކަތް ފަށާފައެވެ. ދެކުނުގައި މަސް ބަންދުކުރާ ކާރުހާނާއެއް އަދި އުތުރުގައި މަސް ގަންނަ އިތުރު ފެސިލިޓީއެއް ތަރައްގީ ކުރުމަށް މަސްވެރިކަމާ ގުޅޭ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މަސްވެރިން ބާނާ މަސް ރައްކާ ކުރުމާއި، އެ މަސް ދިވެހިރާއްޖޭގައި ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ 25000 ޓަނަށް އިތުރު ކުރުމާއެކު މަސް ޕްރޮސެސް ކުރާނެ އިތުރު ކާރުހާނާތައް އެޅުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަށް އެތައް ކުރިއެރުމެއް!

ކުރީ ސަރުކާރުތަކުގައި މަސްވެރިންނަށް ބޭންކުތަކުން ލޯނު ނުލިބުމަކީ މަސްވެރިން އަބަދުވެސް ކުރަމުން ދިޔަ ޝާކުވާއެކެވެ. މި ޝާކުވާވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޑު އައްސަވާ މި ކަމަށް މިހާރުވަނީ އެދެވޭ ހައްލެއް ހޯއްދަވައި ދެއްވާފައެވެ. އެގޮތުން ސަރުކާރުންވަނީ މަސްވެރިންގެ ދަފުތަރެއް ތައްޔާރުކޮށް މަސްވެރިންނަކީ ދައުލަތުން ބަލައި ގަންނަ ބަޔަކަށް ހަދާފައެވެ. އަދީ މި ދަފުތަރުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނު ލިބޭނެގޮތް ވަނީ ހަމަޖައްސައިދީފައެވެ.

މީގެއިތުރުން މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ދޯނިފަހަރުގައި އާރު.އެސް.ޑަބްލިއު ސިސްޓަމް ހަރުކުރުމަށް ބޭންކު މެދުވެރިކޮށް އަންނަނީ މަސްވެރިންނަށް ލޯނު ދޫކުރަމުންނެވެ.

މިއަދު މިއަހަރެ މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، މަސްވެރިންނަށް ފަހި ކޮށްދީފައިވާ ފުރުސަތުތަކާއި ބިކަވެފައިވާ މި ސިނާއަތަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެނެސްދިން ކުރިއެރުން ތަކަކީ ފާހަގަ ކޮއްލެވޭ ކުރިއެރުންތަކެކެވެ. ސަރުކާރުން މިދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރީ ސަރުކާރުތަކުން ނުކުރާވަރަށް މަސައްކަތް ކުރަމުންނެވެ. މަސްވެރިންނަށް މިވަނީ ކުރިން ނުލިބޭ އެތަކެއް ފުރުސަތުކެއް ހުޅުވާލާފައެވެ. މަސްވެރިންނަކީ ހަގީގަތުގައިވެސް ދައުލަތް ދަންނަ ބަޔަކަށް މި ސަރުކާރުން މިވަނީ ހަދައި ދީފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް