
މި މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ޝަހީދު ޢަލީ ސުކޫލްގެ މަސައްކަތް ވަޒީރު ބައްލަވާލައްވައިފި
ޒައުޖަތު އަޙުމަދުމި މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ޝަހީދު ޢަލީ ސުކޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ބައްލަވާލައްވައިފިއެވެ.
ޝަހީދު ޢަލީ ސުކޫލަކީ ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި ބިނާކުރާ ސުކޫލެކެވެ.
މި ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް އިއްޔެ ހަވީރު ވަޒީރު ކުރެއްވި ޒިޔާރަތުގައި، ސްކޫލްގެ އެންމެ ފަހުގެ އަދާހަމަ އޮޅުންފިލުއްވާ، ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށާއިރު ދަރިވަރުންނާއި ބެލެނިވެރިންގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ފުލުހުންނާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރެއްވިއެވެ.
1500 އެއްހާ ދަރިވަރުންގެ ޖާގައިގެ މި ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާއެވެ.
މި ސްކޫލް ހުޅުވުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދަރިވަރުންނަށް ދިރިއުޅޭ ސަރަހައްދުން ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މާލެ ސަރަޙައްދުގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރާ މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޓާފް ދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރެވޭ ސްކޫލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުލީމީ ދާއިރާއަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، މި ސަރުކާރުން ބިނާކުރާ ފުރަތަމަ ޢިމާރާތަކީ ތަޢުލީމަށް ބިނާކުރެވޭ ޢިމާރާތަކަށް ހެދުމުގެ މަޤްސަދުގައި 23 ޑިސެމްބަރު 2023 ގައި ބިންގާ އެޅި މި ސްކޫލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރާ ދިމާކޮށް، 27 ޖެނުއަރީ 2026 ގައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެމްޑީޕީ ސަރުކާރުން ޝަހީދު ޢަލީ ސްކޫލް އެޅީ ބާ ޖަމާލުއްދީން ބިމުގައި ޢަރަބިއްޔާ ސްކޫލް އެޅިގޮތަށް؟2026 ޖެނުއަރީ 29
ފަތިސް ނަމާދުން ދުވަސް ފެށުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސް އިލްތިމާސްކުރައްވައިފި2026 ޖެނުއަރީ 27
ޝަހީދު ޢަލީ ސްކޫލް ހުޅުވައިފި2026 ޖެނުއަރީ 27
ކުރީގެ އެމްޑީޕީ ސަރުކާރުން ދެ ޖިންސު މައްސުނިކޮށް ކިޔަަވައިދޭން ފަށާފައި އޮތްއޮތުން ނިމުމަކަށް ގެންނަން އިލްތިމާސްކޮށްފި2026 ޖެނުއަރީ 04