
ޝަމާޙްގެ އިތުރުން ސްޓެލްކޯގެ އިސް އެހެން މުވައްޒަފަކު ވެސް ވަކިކޮށްފި
ޒައުޖަތު އަޙުމަދުޝަމާޙްގެ އިތުރުން ސްޓެލްކޯގެ އިސް އެހެން މުވައްޒަފަކު ވެސް މަޤާމުން ވަކިކޮށްފިއެވެ.
ސްޓެލްކޯގެ ޕްރޮކިއުމަންޓް ހެޑް، އަޒްހަދު ރަމީޒް މަގާމުން ވަކިކޮށްފިއެވެ. އަޒްހަދު ސްޓެލްކޯގެ އެމްޑީކަމުން ވަކިކޮށްފައި މިވަނީ އެ ކުންފުނީގެ އެމްޑީ އަޙުމަދު ޝަމާހު ރަޝީދު މިއަދު ވަކިކުރިތާ މާގިނައިރުތަކެއް ނުވަނީސްކަން ފާހަގަ ކުރެވެއެވެ.
އަޒްހަދު ވަކިކުރުމަށްފަހު އެ މަގާމަށް ބިއުރޯ ހެޑް އަސްފާ ހުސައިން ވަނީ ހަމަޖައްސާފައެވެ.
އެމްޑީ ޝަމާޙް އެ މަޤާމުން ވަކި ކުރުމަށްފަހު ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައި ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރުއާއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން މިއަދު ޝަމާހް މަޤާމުން ވަކިކުރި ފަހުން ޝަމާހްގެ އޯޑިއޯއެއް ކަމަށްބުނާ އޯޑިއޯއެއް ވަނީ މީސްމީޑިއާގައި ލީކުވެފައެވެ.
އެ އޯޑިއޯގައި ޝަމާހުކަމަށް ބެލެވޭ މީހަކު ވަނީ ސްޓެލްކޯގައި ހިންގާ ވައްކަންތައް އަޒުހަދަށް އެނގޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ހިންގާ ވައްކަމުގެ ވާހަކަތައް އެ އޯޑިއޯގައި ދައްކާފައި ވަނީ ފަޚުރުވެރިކަމާއިއެކުގައި ކަން ފާހަގަ ކުރެވެއެވެ.
އެ އޯޑިއޯގައި ޝަމާހު ކަމަށް ބުނާ މީހާ ދައްކާ ވާހަކަތަކުގެ ތެރޭގައި: މިކޮޅުން ހަދާ ވަރަކަށް މިފްކޯއިން ނުހެދޭނެ. މިކޮޅުން ދެ މަސް ތެރޭ ހަދާ ވަރަށް މިފްކޯއިން ނެހެދޭނެ ތިން އަހަރުން ވެސް." ، "ސްޓެލްކޯއިން މަގޭ މި ކުޅިވަރު އެނގޭނެ ތިބޭނީ ދެ މީހުން. އެއީ އަޒްހަދާއި ސާއިދު."، "މި މީހުން ނޯށުން ރޯނެ މި ހުރިހާ އެއްޗެއް އެނގޭ ނަމަ." .....ފަދަ ވާހަކަތައް ހިމެނެއެވެ.
ނަމަވެސް ބައެއް މީޑިއާތަކުން ސުވާލު ކުރުމުން ޝަމާޙް ވަނީ އެ އޯޑިއޯއާއި އޭނާއާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އަޒުހަދު ސްޓެލްކޯއާ ގުޅިފައި ވަނީ 2015 ވަނަ އަހަރުއެވެ. ޕްރޮކިއުމަންޓް އޮފިސަރެއްގެ ގޮތުގައި ހުއްޓާ ފަހުން ވަނީ ޕްރޮކިއުމަންޓް ހެޑްކަށް ބަދަލުކޮށްފައެވެ.
ސްޓެލްކޯގެ އެމްޑީގެ މަޤާމުގައި ކުރިން ހުންނެވި ޙުސައިން ފަހުމީ އެ މަޤާމުން ވަކިކޮށް އެމްޑީގެ މަޤާމަށް އަޙުމަދު ޝަމާޙް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
ޝަމާހް ވަނީ މިފްކޯގެ ސީއީއޯގެ މަޤާމު މީގެ ކުރިން އަދާކުރައްވާފައެވެ.
ޝަމާޙް އަދި އަޒްހަދު ވަކިކުރި ސަބަބެއް ސަރުކާރުން އަދި ޕީސީބީން ވެސް ހާމައެއް ނުކުރެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރައީސްގެ ނިންމެވުމާއި އެއްގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް2026 ޖެނުއަރީ 22
ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް 12 ރަށަކަށް ޖަނަރޭޓަރު ފޮނުވަންފަށައިފި2026 ޖެނުއަރީ 19
މި ސަރުކާރުން ބިނާކުރި ޔުޓިލިޓީ ސްކިލްސް އެކަޑަމީގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި2026 ޖެނުއަރީ 12
ޝަމާހުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި2026 ޖެނުއަރީ 12