
14 ރަށެއްގައި 14 މަޝްރޫޢު ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި
ޒައުޖަތު އަޙުމަދު14 ރަށެއްގައި 14 މަޝްރޫޢު ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީން ބުނީ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއްގެ އެއްބަސްވުންތަކުގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއާއިއެކު، އެކުންފުނިން މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުތަކުގެތެރޭގައި ރ. އުނގޫފާރު ބަނދަރުތަރައްޤީ ކުރުމާއި ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު، ގދ. ފަރެސްމާތޮޑާމަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، ރ. އަލިފުށި އިންޑަސްޓްރިއަލްޒޯންއަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
މީގެއިތުރުން ހއ. އިހަވަންދޫ އާޓިފިޝަލް ބީޗްހެދުމުގެ މަޝްރޫޢު، ނ. ހެނބަދޫ، ނ. ހޮޅުދޫ އަދި ނ.މާޅެންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު، ދ. ބަނޑިދޫ، ހއ. ވަށަފަރު އަދި ގއ. ކަނޑުހުޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު، ނ. މާފަރު. ކ.ގާފަރު އަދި ހއ. ފިއްލަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
މި މަޝްރޫޢުތަކުގެ ޖުމްލަ އަގު 1،614.81 މިލިއަން (އެއްހާސް ހަ ސަތޭކަ ސާދަ މިލިއަން، އަށް ލައްކަ ދިހަ ހާސް) ރުފިޔާއަށް އަރާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ކުރިއަށްދަނީ!2026 ޖެނުއަރީ 31
ޓެކްސީ ލައިނަށް ޑްރައިވަރުން ނަގަން ބާއްވާ އިންޓަވިއުއަށް ގިނަ ބައެއްގެ ތަރުހީބު!2026 ޖެނުއަރީ 17
ރޯދައަށް ނިންމަން ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބާރަށް ކުރިއަށް 2026 ޖެނުއަރީ 10
ބޮޑުތަކުރުފާނުމަގު ފުޅާކޮށް ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ %50 ނިމިއްޖެ2025 ޑިސެމްބަރު 31