
ބޮޑުތަކުރުފާނުމަގު ފުޅާކޮށް ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ %50 ނިމިއްޖެ
މާލޭގެ ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ ދަށުން، ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން މައުލޫމާތުދީފިއެވެ.
މަގު ހެދުމުގެ މި މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިމަަހުގެ 9 ވަނަ ދުވަހުއެވެ. އެކުންފުނިން ބުނީ މި މަސައްކަތުގެ ދަށުން، ޝީޓް ޕައިލްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ފެން ހިންދާ ނިޒާމުތައް ގާއިމްކުރުމުގެ މަސައްކަތުގެ އިތުރުން ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ހަަމަޖެހިފައިވެއެވެ.
އެމްޓީސީސީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޓެކްސީ ލައިނަށް ޑްރައިވަރުން ނަގަން ބާއްވާ އިންޓަވިއުއަށް ގިނަ ބައެއްގެ ތަރުހީބު!2026 ޖެނުއަރީ 17
ރޯދައަށް ނިންމަން ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބާރަށް ކުރިއަށް 2026 ޖެނުއަރީ 10
14 ރަށެއްގައި 14 މަޝްރޫޢު ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި2026 ޖެނުއަރީ 06
ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް2025 ޑިސެމްބަރު 30