
ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް
2025 ޑިސެމްބަރު 30
ޒައުޖަތު އަޙުމަދުމާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކަމަށާއި ފެން ހިންދާ ނިޒާމާއި ސެޓްލްމަންޓް ޓޭންކްތަކުގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިމިފައި ކަމަށެވެ.
މީގެ އިތުރުން، ހިނގާ މީހުންނަށް ޚާއްސަ އާ ލޭނުގައި ކާރބްސްޓޯން ޖެހުމުގެ މަސައްކަތް ފަށާފައިވާއިރު، ފެނާއި ނަރުދަމާގެ އައު ހޮޅިތައް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ސަބަބުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީވެ، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވެގެންދާނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޓެކްސީ ލައިނަށް ޑްރައިވަރުން ނަގަން ބާއްވާ އިންޓަވިއުއަށް ގިނަ ބައެއްގެ ތަރުހީބު!2026 ޖެނުއަރީ 17
ރޯދައަށް ނިންމަން ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބާރަށް ކުރިއަށް 2026 ޖެނުއަރީ 10
14 ރަށެއްގައި 14 މަޝްރޫޢު ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި2026 ޖެނުއަރީ 06
ބޮޑުތަކުރުފާނުމަގު ފުޅާކޮށް ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ %50 ނިމިއްޖެ2025 ޑިސެމްބަރު 31