logologologologo
STO
ޚަބަރު

ރަސްމާލެ ސައިޓް އޭ އިން 56 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލެ ސައިޓް އޭ އިން 56 ހެކްޓަރުގެ ބިން ހިއްކައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖެނުއަރީ 05

ރަސްމާލެ ސައިޓް އޭ އިން 56 ހެކްޓަރުގެ ބިން ހިއްކައިފި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ބުނެފިއެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢޫގެ އަދާހަމަ ހިއްސާކުރަމުން އެ ކުންފުނިން ބުނީ "ސައިޓް އޭ"އިން މިހާތަނަށް 56 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށެވެ.

ރަސްމާލެ ސައިޓް އޭގެ މަސައްކަތް ފެށީ، މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިމުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެސައިޓުން ދޮޅު ހެކްޓަރުގެ ބިން ހިއްކައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް މިވަގުތު ދުނިޔޭގައި ބިން ހިއްކުމުގައި ބޭނުން ކުރަމުންދާ އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ ކްރިސްޓަބަލް ކޮލޯން އަންނަނީ ބޭނުން ކުރަމުންނެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ އިތުރުން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި، އިންޑިއާގެ މޯހަން މުތާއާއި، ޗައިނާ ހާބަރ އިންޖިނިއަރިން އިން އަންނަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ، އަންނަ މާރިޗު މަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމުމެވެ.

 

View post on Twitter


12 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ އުއްމީދީ މަޝްރޫޢަކީ ރަސްމާލެ މަޝްރޫޢެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ބޭރުގެ ކޮންސަލްޓަންޓުން ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް