
3 ހާސް މެމްބަރުންނާއިއެކު ވެރިކަމަށް އައި ޕީއެންސީގެ މެމްބަރުންގެ އަދަދު 74 ހާހުން މައްޗަށް!
ޒައުޖަތު އަޙުމަދު3 ހާސް މެމްބަރުންނާއިއެކު ވެރިކަމަށް އައި ޕީއެންސީ ނުވަތަ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ އަދަދު 74 ހާހުން މައްޗަށް އަރާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން، އީސީގެ ހިސާބުތަކުން ދައްކައިފިއެވެ.
އީސީއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ހުސްވި ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ކޮންގްރެސް ޕާޓީގައި 74،048 މެމްބަރުން ހިމެނެއެވެ. މިއީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ.
ދެވަނައަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގައެވެ. ހުސްވި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އެ ޕާޓީގައި ތިބީ 43،784 މެމްބަރުންނެވެ. އެމްޑީޕީއަކީ މަލްޓި ޕާޓީ ޑިމޮކްރަސީގެދަށުން ރާއްޖޭގައި ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީއެވެ.
އީސީގެ ތަފާސްހިސާބަށް ބަލާއިރު ތިން ވަނައަށް އެންމެ މީހުން ގިނައީ ޖުމްހޫރީ ޕާޓީ، ޖޭޕީގައެވެ. އެ ޕާޓީގައި 12،343 މެމްބަރުން ހިމެނެއެވެ.
ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައި 9 ސިޔާސީ ޕާޓީ އޮތް ނަމަވެސް ޤާނޫނުގައިވާ ގޮތުން ފައިސާ ލިބެނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. ނަމަވެސް 10 ހާސް މެމްބަރުން ހަމަވެ ފައިސާ ލިބޭ ޕާޓީތަކުގެ އަދަދު މިހާރު މިވަނީ 3 އަށް ތިރިވެފައިކަން ފާހަގަ ކުރެވެއެވެ.
މީގެއިތުރުން ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން 3000 މެމްބަރުން ހަމަ ނުވާ ޕާޓީތައް އުވާލުމުގެ ބާރު އީސީއަށް ލިބިގެންވާއިރު، މި ވަގުތު 3000 މެމްބަރުން ހަމަ ނުވާ ޕާޓީތަކުގެ ތެރޭގައި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ، އަދި ދަ ޑިމޮކްރެޓްސް ހިމެނެއެވެ.
މިވަގުތު 10 ހާސް މެމްބަރުން ހަމަ ނުވާ ޕާޓީތަކުގެ ތެރޭގައި މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް، (އެމްޑީއޭ)، ޢަދާލަތު ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ހިމެނެއެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 9 ސިޔާސީ ޕާޓީގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް (10 ހާސް) މެންބަރުން ހަމަވަނީ 5 ޕާޓީގައި ކަމަށާއި އެ ޕާޓީތަކަށް 2025 ވަނަ އަހަރު ދޭންޖެހޭ 27 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ ހުސްވި އޮކްޓޫބަރު މަހުގައި ކަމަށް އީސީން ވަނީ ބުނެފައެވެ. ފައިސާ ލިބުނު ޕާޓީތަކަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ) ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ،(އެމްޑީޕީ)، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ވިލުފުށިން ބޭނުންވީ ސަރުކާރާ ގުޅިގެން ތަރައްޤީ ގެންނަން، އެހެން ޕާޓީއަކުން ކުރިމަތި ވެސް ނުލި!2026 ފެބްރުއަރީ 02
އިންތިޚާބަކާ ނުލައި 2 ކައުންސިލެއްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބިއްޖެ!2026 ފެބްރުއަރީ 01
މޫސާ ޖަލީލުގެ ކެމްޕޭނު ޖަގަހަ ހުޅުވުން އާދީއްތަ ދުވަހުގެ ރޭ ބާއްވަނީ2026 ޖެނުއަރީ 17
ގިނަ ބަޔަކު ޕީއެންސީއާ ގުޅި މެމްބަރުންގެ އަދަދު 75 ހާހުން މައްޗަށް! 2025 ޑިސެމްބަރު 17