.webp&w=1080&q=75)
ކޭޕާކް މަންޑޭ 397 އަހަރަށް ޖަލަށް
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ޝަރީއަތުގެ މަރުހަލާ ނިންމުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމެއްގައި މަމްދޫހުގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ.
މަންޑޭގެ މައްޗަށް 390 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް ސާބިތުވި ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ޖަލު ހުކުމެއްގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.
މީގެ އިތުރުން ގެއްލުން ދިން ފަރުދުންނަށް އެ ދިން ގެއްލުމަށް ބަދަލުގެ ފައިސާ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައިި ދެއްކުމަށް ވެސް ކޯޓުން ހުކުމްކުރި އެވެ.
އަދި މަމްދޫހު ގަނެފައިވާ ޕެންޓްހައުސްއާއި އެ ތަނުގައި ހުރި މުދާތައް ދައުލަތަށް ނެގުމަށް ވެސް ހުކުމްކުރި އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most


