ކެމެރާ ލެންސަކާ ރޮލެކްސް ގަޑިއެއް ވަގަށް ނެގި މީހާގެ ބަންދަށް 10 ދުވަސް

ކެމެރާ ލެންސަކާއި ރޯލެކްސް ގަޑިއެއް ވަގަށް ނެގި މީހެއްގެ 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާލެ، މ. ޕެރީވިންކްލް، މައިޝާ މުޙައްމަދު (26އ) އެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް، މާލޭ، މަޖީދީ މަގު ސިޓީ ޝޫޒް ކުރިމަތީ ޕާކްތެރޭގައި މައިޝާ ވަނީ ފުލުހުން ފެނުމުން އޭނާ އަޅުވައިގެން އިން ކަޅުކުލައިގެ ދަބަހާއި ކެމެރޭ ލެންސް ދަބަސް ފޮރުވަން މަސައްކަތް ކޮށްފައި ކަމަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މައިޝާގެ ހަރަކާތްތަށް ހުރިގޮތުން އޭނާއާއި ސުވާލުކޮށް ބަލައިފާސްކުރިކުރުމުން ވައްކަންކުރުމުގެ ތުހުމަތުކުރެވިގެންނެވެ.
މައިޝާގެ އަތުން ފެެނިފައިވާ ތަކެއްޗަކީ އެހެން މީހެއްގެ އެއްޗެހި ކަމަށް އެއްބަސް ވެފަ އެވެ.
މި މައްސަލަ އާއި ގުޅިގެން މައިޝާ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފަ އެވެ.
އިތުރަށް

.webp&w=3840&q=100)



.gif.gif&w=828&q=100)
