logo
logo
ކްރަމްޕީ ފުޅިތަކެއް ނެގި ތިމަރަފުށި މީހަކު 13 ދުވަހަށް ޖަލަށް!

ކްރަމްޕީ ފުޅިތަކެއް ނެގި ތިމަރަފުށި މީހަކު 13 ދުވަހަށް ޖަލަށް!

2026 ފެބްރުއަރީ 10
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މާލޭގެ ފިހާރައަކުން ކްރަމްޕީ ފުޅިތަކެއް ވަގަށް ނެގި މީހަކު 1 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ތ. ތިމަރަފުށި، ލަކީހައުސް، ސަފްވާން އަލީ ، މާލޭ، ރަސްރަނި ޓްރޭޑާސް ފިހާރައިން ވައްކަން ކުރުމާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.

ދައުވާގެ ހުލާސާގައި ބުނެފައިވަނީ އެ ފިހާރައިގެ ރެކުން 5 ފުޅި ކްރަމްޕީ ނަގައި، އޭނާ ގެންގުޅުނު ކަޅުކުލައިގެ ކޮތަޅަށް ލުމަށްފަހު، ފައިސާ ނުދައްކައި، ފިހާރައިން ނުކުމެގެންދާނެ އުޅުނު ކަމަށެވެ. މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިއުތިރާފުވަމުން އޭނާ ބުނެފައިވަނީ ކްރަމްޕީ ފުޅިތަކެއް ނަގައި ފައިސާ ނުދައްކައި ދާން އުޅުނީ، މަސްތުވާއެއްޗެހި ގަތުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

މި މައްސަލައިގެ ހުކުމް އިއްވި ގާޒީ ސަފްއަތު ހަބީބު ވަނީ އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ 22 ދުވަހާއި 18 ގަޑިއިރާއި 48 މިނެޓް ހޭދަކޮށްފައިވާތީ، އެއީ 23 ދުވަސް ކަމަށް ކަނޑައަޅައި، އޭނަ ޖަލުގައި ތަންފީޒު ކުރަން ޖެހޭ އަދަބަކީ 13 ދުވަސް ކަމުގައި ކަނޑައަޅައި ހުކުމް ކޮށްފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް