
ކޭ-ޕާކް މައްސަލާގައި މަންޑޭގެ މައްޗަށް 94 ދަޢުވާއެއް ސާބިތުވެއްޖެ
ޒައުޖަތު އަޙުމަދުހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ-ޕާކު ރެޒިޑެންސްގެ ފްލެޓުތަކުގެ މައްސަލައިގައި ޙަސަން މަމްދޫހު،މަނޑޭގެ މައްޗަށް 94 ދަޢުވާ ސާބިތުވެއްޖެއެވެ.
މަންޑޭގެ އިތުރުން މި މައްސަލާގައި ހިމެނޭ ޖައިޝާން ސަޢީދުގެ މައްޗަށް 89 ދަޢުވާ ސާބިތުވެފައިވެއެވެ.
މި 2 މީހުންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލީ މަމްދޫޙާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ޗައިނާ، ޖިން ޝިހޫގެ ސޮއި ފޯޖު ކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ އިމާރާތުގެ އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއި ޙީލަތުން ޢާންމު ފަރާތްތަކަށް ވިއްކުމާ ގުޅިގެންނެވެ.
މި މައްސަލައިގައި މަމްދޫހާއި އޭނާގެ ބައިވެރިން ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުޙުމަތު ކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މަމްދޫހާއި ޖައިޝާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ވަނީ ސާބިތުވެފައެވެ. އެގޮތުން މަމްދޫހުގެ މައްޗަށް ޓެކުންގެ 46 ދަޢުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާ އަދި މަނީ ލޯންޑްރިންގެ 1 ދަޢުވާ ސާބިތުވެފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.
ޖައިޝާންގެ މައްޗަށް ސާބިތުވެފައިވަނީ، ޓެކުމުގައި ބައިވެރިވުމުގެ 45 ދަޢުވާއާއި، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 40 ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާ އަދި މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ 1 ދަޢުވާއެވެ.
މި މައްސަލައިގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެފައިވާތީ، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ ނަންބަރު: 02-13 (އޭރިއާ 2597.58) އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް (02-13) ޕާކިންގ ސްލޮޓް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ އަމުރު ކުރައްވާފައެވެ.
މަމްދޫހާއި ޖައިޝާނަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޖަލު ހެދުމުގައި ކޯޓަށް ދާން ބައްސާމު ދެކޮޅުހަދައިފި!2025 ނޮވެމްބަރު 16
ބައްސާމް 4 އަހަރަށް ޖަލަށް، އެކައުންޓަށް މަހަކު 34 ހާސް ޑޮލަރު ޖަމާވަމުން ދިޔަކަން ހާމަވެއްޖެ2025 އޮކްޓޯބަރު 09
ރޭގެ މުޒާހަރާއިން ހައްޔަރުކުރި ގިނަ މީހުނަށް އިތުރު މުއްދަތު ޖަހައިފި2025 އޮކްޓޯބަރު 04
ރިޝްވަތުގެ 2 ދަޢުވާ ސާބިތުވެ، މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ 12 އަހަރަށް ޖަލަށްލާން ޙުކުްމްކޮށްފި2025 ސެޕްޓެމްބަރު 29