logo
logo
ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް އެކަނިވެރި މައިންގެ ޢިނާޔަތް ބޮޑުކޮށްފި

ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް އެކަނިވެރި މައިންގެ ޢިނާޔަތް ބޮޑުކޮށްފި

2025 ޑިސެމްބަރު 25
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ފޯރުކޮށްދޭ ޢިނާޔަތް މަހަކު 3000 ރުފިޔާއާއި ހަމައަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ބަދަލު ގެނައުމުގެ ގޮތުން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ޤަވާޢިދަށް އިޞްލާޙް ގެނެސް މިހާރު ވަނީ ގެޒެޓްކޮށްފައެވެ.

އެކަނިވެރި މައިންނަށް ފައިސާ ދިނުމަށް ކުރިން ޢަމަލުކުރަމުންދިޔަ އުސޫލުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ކޮންމެ ކުއްޖަކަށް ދެމުން އައީ 1,000 ރުފިޔާގެ އިނާޔަތެކެވެ. އަދި އެހީގެ ގޮތުގައި އެންމެ ގިނަވެގެން ދޫކުރަމުން އައީ މަހަކު 10,000 ރުފިޔާއެވެ. ނަމަވެސް، މިއަދު ގެނެވުނު އާ އިޞްލާޙާއިއެކު، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ. އެގޮތުން ހަތަރު ކުދިން ތިބޭ ޢާއިލާއަކަށް މަހަކު 12,000 ރުފިޔާގެ އެހީއެއް ލިބޭނެއެވެ.

ހަތަރު ކުދިންނަށްވުރެ ގިނައިން ކުދިން ތިބޭނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1,000 ރުފިޔާގެ އިތުރު އެލަވަންސެއް ލިބޭނެއެވެ. ސަރުކާރުން ކަނޑައަޅާފައިވާ އައު އުސޫލުގެ ދަށުން، މި އިނާޔަތުގެ އެންމެ މަތީ މިންވަރަކީ މަހަކު 15,000 ރުފިޔާއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާއިރު ޖުމްލަ 180,000 ރުފިޔާގެ މާލީ އެހީތެރިކަމެކެވެ.

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހާއި ގުޅިގެން އާންމުކުރި ހިސާބުތަކަށް ބަލާއިރު، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ މެދުވެރިކޮށް އެކަނިވެރި މައިންގެ އެލަވަންސް ހޯދުމަށް 5,443 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ރައީސް ޑރ.މުWiއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް