
ފުރުން މަނާކޮށް ޝަމްޢާން ބަންދުން ދޫކޮށްލައިފި
ޒައުޖަތު އަޙުމަދުކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ފުރުން މަނާކޮށްބަންދުން ދޫކޮށްލައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، ޕީޖީ އޮފީހުން ބުނީ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ގ. ލިޓޯނިޔާ، މުޙައްމަދު ޝަމްއާން ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި، ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި 6 އެޕްރީލް 2025 އިން ފެށިގެން އޭނާ ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައި ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ތެރެއިން އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ބިދޭސީން ހިމެނޭގޮތުން މައިގަނޑު ހެކިންގެ ހެކިބަސް މިއަދާ ހަމައަށް ވަނީ ނަގައި ނިމިފައި ކަމަށެވެ.
" އެހެންކަމުން، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އެކަށީގެންވާ މިންވަރަކަށް ކުޑަކުރެވިދާނެކަމަށް މި އޮފީހަށް ފެންނާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރުތުކޮށްފައި ބަންދުން ދޫކޮށްދެއްވުމަށް މިއަދު ކްރިމިނަލް ކޯޓުގައި އެދިފައިވާނެއެވެ." ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އަދި ބަންދުން ދޫކޮށްލާއިރު، މުޙައްމަދު ޝަމްޢާން ވަޙީދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރެއް ނެރެދެއްވުމަށް ކޯޓުގައި އެދިފައިވާނެ ކަމަށާއި ކްރިމިނަލް ކޯޓުން ވަނީ ޕީޖީ އޮފީހުން އެދުނު ގޮތަށް، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރުތުކޮށް ބަންދުން ދޫކޮށްލުމާއެކު، އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ނެރުއްވާފައި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޝަމްޢާނުގެ އިތުރުން އިމިގްރޭޝަންގެ އޮފިސަރުންތަކެއްގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުޙުމަތާ ގުޅިގެން ފުލުހުންގެ ތަޙުޤީޤަށް އޭނާ ބަންދުކުރުމަށްފަހު ފުލުހުން މިއަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ޑިޓެންޝަނުގައި ހުރި މީހަކު 530،000 ދިވެހި ރުފިޔާއާއެކު، ޝަމްޢާނުގެ އަމުރަށް ދޫކޮށްލިކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށެވެ.
ޝަމްޢާންގެ އިތުރުން ، މި މައްސަލާގައި ހިމެނޭ އިމިގްރޭޝަންގެ މުވައްޒަފުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 25 މޭ 2025 ވަނަ ދުވަހުއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރެއްގެ މައްޗަށް 5 ދަޢުވާއެއް ކޮށްފި2026 ޖެނުއަރީ 25
ކޮވިޑް 19 ގައި ޕީސީއާރު ޚިދުމަތް ދިން 2 ކުންފުންޏަކަށާއި މަސްއޫލުވެރިންގެ މައްޗަށް ދަޢުވާކޮށްފި2026 ޖެނުއަރީ 21
ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި2026 ޖެނުއަރީ 02
ސިނގިރޭޓް ކޮންޓެއިނާ ވަގަށް ނެގި މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާކޮށްފި2025 ޑިސެމްބަރު 16