ތެލުގެ ވިޔަފާރިއަށް ގަވާއިދާ ހިލާފަށް ބިން ދޫކުރި މައްސަލަ ޕީޖީން ބަލައިގަނެފި، ކުރީގެ ކައުންސިލަރުންގެ މައްޗަށް ބޮޑެތި ދަޢުވާތަކެއް

ހއ. ހޯރަފުށިން ތެލުގެ ވިޔަފާރި ކުރުމަށްޓަކައި އުސޫލުތަކާ ޚިލާފަށް ބޮޑު ބިމެއް ކުއްޔަށް ދޫކުރި މައްސަލާގައި އެ ރަށު ކައުންސިލްގެ ކުރީގެ މެންބަރުންނާ ދެކޮޅަށް ޖިނާއީ ދަޢުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ރަސްމީކޮށް ބަލައިގަނެފިއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި، ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ތެޔޮ އެތެރެކޮށް ވިޔަފާރިކުރާ އެއް ކުންފުނި ކަމަށްވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" އަށް ގަވާއިދާ ޚިލާފަށް 5,000 އަކަފޫޓުގެ ބޮޑު ބިމެއް ދޫކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލާގައި ކައުންސިލްގެ ކުރީގެ ހުރިހާ މެންބަރުންގެ މައްޗަށް ދެ ދަޢުވާއެއް އުފުލައިދިނުމަށް އޭސީސީން ވަނީ އެދިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން: ދިވެހިރާއްޖޭގެ ބުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނަހަމަ ގޮތުގައި މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ.
- ދައުލަތަށް ފައިދާލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުން: ދައުލަތަށް ނުވަތަ ރަށު ކައުންސިލަށް އެންމެ ފައިދާ ބޮޑުވާނެ ގޮތް ބަލައި، ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ނުކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ހޯރަފުށީ ކައުންސިލްގެ ކުރީ ދައުރުގެ ތިރީގައިވާ ބޭފުޅުންގެ މައްޗަށެވެ.
- ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ވަޙީދު
- ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަޙްމަދު އިމްދާޙް
- ކައުންސިލްގެ ކުރީގެ މެންބަރު އިބްރާހީމް ޝާކިރު
- ކައުންސިލްގެ ކުރީގެ މެންބަރު އަޙްމަދު ރަޢޫފް
- ކައުންސިލްގެ ކުރީގެ މެންބަރު މަރްޔަމް ވަކީލާ
- ކައުންސިލްގެ ކުރީގެ މެންބަރު އައިމިނަތު ވިސާމާ
- ކައުންސިލްގެ ކުރީގެ މެންބަރު އާމިނަތު ނާޞިޙާ
ޕީޖީ އޮފީހުން މި މައްސަލަ ބަލައިގަނެ، ދިރާސާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މާލަސްތަކެއް ނުވެ ކޯޓަށް މި މައްސަލަ ފޮނުވުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)