ރާއްޖޭގެ ސަރަހައްދުގައި ދުންފުސް ބޯވެފައިވާތީ ސަމާލުވާން އިލްތިމާސްކޮށްފި

ރާއްޖޭގެ ސަރަހައްދުގައި ދުންފުސް ބޯވެފައިވާތީ ސަމާލުވާން ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކޮށްފިއެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ އިރުވައި މޫސުން ފެށުމާއިއެކު ރާއްޖޭގެ ސަރަހައްދުގައި ދުންފުހުގެ އަސަރު ބޯވެފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ ޚާއްސަކޮށް ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކުގައި ފެންނަ ދުރުމިން ވަނީ 2 ކިލޯމީޓަރަށްވުރެ ދަށްވެފައި ކަމަށެވެ.
މެޓް އޮފީހުން ބުނީ މިއަދު (22 ޑިސެމްބަރު 2025) މިއީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މެދުތެރޭގެ ސަރަހައްދުގެ ވައިގެ ފެންވަރު އެންމެ ދަށްވި ދުވަސް ކަމަށާއި ފެންނަ ދުރުމިން މިގޮތަށް ދަށްވުމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށެވެ.
އެ އިދާރާއިން ބުނީ މިހާރު ޖެހެމުންދާ އިރުއުތުރުގެ މޫސުމީ ވައިގެ ސަބަބުން، ކުރިއަށް އޮތް 5 ދުވަހު ވެސް މި ޙާލަތު ދެމިއޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ ބޭރުތެރޭގައި އުޅުމާއި ކަނޑުދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، މޫސުމާ ބެހޭ ރަސްމީ އިދާރާތަކުން ދޭ މައުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވެސް ވަނީ ވައި ސާފު މިންވަރު ހުންނަ ވަރު ޤަވާޢިދުން ބަލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ސަމާލުވުމަށް އެދިފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ޞިއްޙީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށް ވެސް ބޮޑު ސަރަހައްދުގެ ގޮތުގައި މާލެ ސަރަހައްދު، ޚާއްޞަކޮށް ވިލިމާލެ އަދި ދ. ކުޑަހުވަދޫ ހިމެނޭ ކަމަށެވެ.
ދުންފުސް ބޯވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ދުންފުހަކީ ވައިގެ ތެރޭގައި ދުމާއި ހިރަފުހާއި އެކުވެގެން އުފެދޭ ފުސްކަމަށް ކިޔާ ނަމެކެވެ.
އިތުރަށް





.gif.gif&w=828&q=100)
