logologologologo
STO
ޚަބަރު

ހަންޓާވައިރަސްގެ ރިސްކް ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް: އެޗްޕީއޭ

ހަންޓާވައިރަސްގެ ރިސްކް ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް: އެޗްޕީއޭ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 08

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ޝިޕެއްގައި ތިބި ބައެއްގެ ގައިން ފެނިފައިވާ ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްޕެއިންގެ ޓެނެރީފް އައިލެންޑަށް ދަތުރުކުރި "އެމް.ވީ ހޮންޑިއަސް" ނަމަކަށް ކިޔާ އެ ބޯޓުން ފެނުނު އެ ބަލީގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ކަމަށްވާ ޑަބްލިއުއެޗްއޯއާ ގުޅިގެން މޮނީޓާކުރަމުންދާ ކަމަށެވެ. 

ރާއްޖެއިން މިހާތަނަށް އެ ބަލީގެ އެއްވެސް ކޭހެއް އަދި ބަލި ޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ބައްޔާގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކުން އެ އެޖެންސީން އާންމުންނާ ހިއްސާ ކުރައްވަމުންދާނެ ކަމަށެވެ.

ހަންޓާ ވައިރަހަކީ، މައިގަނޑު ގޮތެއްގައި މީދަލާއި އެފަދަ ޖަނަވާރުގެ ޒަރީއާއިން ފެތުރޭ ވައިރަހުގެ ބާވަތެކެވެ.

އިންސާނުންގެ މެދުގައި މި ވައިރަސް ފެތުރެނީ، މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި، ކުޅާއި ނުވަތަ ނަޖިހުގައި އަތްލެވިގެންނެވެ. މީގެ އިތުރުން، ވައި ނުވަންނަ ބަންދު ތަންތަނުގައި ހުންނަ މީދަލުގެ ނަޖިހުގެ ޕާޓިކަލްސް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ދިއުމަކީ ވެސް ބަލިޖެހޭ މައިގަނޑު ސަބަބެކެވެ.

MALDIVE GASAllied Insurance
އިތުރަށް