
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފުލުއެންޒާ އެންމެ ގިނައީ މާލެ ސަރަޙައްދުގައި: އެޗްޕީއޭ
ޒައުޖަތު އަޙުމަދުބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފްލުއެންޒާ ޖެހިގެން ރިޕޯޓް ކުރެވުނު މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ރިޕޯޓްކުރެވިފައިވާ ގޮތާއި ގުޅިގެން މިއަދު އެޗްޕީއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން މި ބަލިތައް ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަޙައްދުންނެވެ.
އެގޮތުން 15 ޖޫން އިން 5 ޖުލައި 2025 ގެ ނިޔަލަށް ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން މުޅި ރާއްޖެއިން 3763 މީހުން ރިޕޯޓްކޮށްފައިވާއިރު، އޭގެތެރެއިން 2370 މީހުން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ.
އަދި ހަމަ މި މުއްދަތުގައި އިންފުލުއެންޒާ ޖެހިގެން 239 މީހުން މުޅިރާއްޖެއިން ރިޕޯޓްކުރެވިފައިވާއިރު، މާލެ ސަރަހައްދުން 228 މީހުނަށް އިންފުލުއެންޒާ ޖެހިގެން ވަނީ ރިޕޯޓް ކޮށްފައެވެ.
ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމަށް ސަމާލުވެލެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖޭގެ ސަރަހައްދުގައި ދުންފުސް ބޯވެފައިވާތީ ސަމާލުވާން އިލްތިމާސްކޮށްފި2025 ޑިސެމްބަރު 22
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާނެ!2025 ޖުލައި 02
މެނިންގޯކޮކަލް ބަލި ޖެހިފައިވާ އިތުރު މީހަކު ނެތް: އެޗްޕީއޭ2025 ޖޫން 14
ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލި މީހެއް ރާއްޖެއިން ފެނިއްޖެ!2025 ޖޫން 07