ޚަބަރު
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް 5 އަތޮޅަކަށް ރީނދޫ ސަމާލުނެރެފި

ޒައުޖަތު އަޙުމަދު2025 ޑިސެމްބަރު 20
މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން 5 އަތޮޅަކަށް ރީނދޫ ސަމާލުނެރެފިއެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ވ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މިރޭގެ 7:45 ން ފެށިގެން 11:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނީ މ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ.
ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މީގެއިތުރުން މެޓް އޮފީހުން ވަނީ އދ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް، ބޯކޮށް ވާރޭ ވެހި ގުގުރާ ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދުސަމާލު ނެރެފައެވެ. ހުދު ސަމާޅު ނެރެފައި ވަނީ މިރޭގެ 11:30 އާއި ހަމައަށެވެ.
އިތުރަށް

ޖަޕާނުގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައިސްފި20 އޭޕްރީލު 2026 ، 08:51

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފި 16 އޭޕްރީލު 2026 ، 02:30

ދެކުނަށް ކުރަމުން އަންނަ ވިއްސާރާގައި އައްޑުއަށް ގެއްލުންތަކެއް ވެއްޖެ!31 ޑިސެމްބަރު 2025 ، 07:27

ރާއްޖޭގެ ސަރަހައްދުގައި ދުންފުސް ބޯވެފައިވާތީ ސަމާލުވާން އިލްތިމާސްކޮށްފި22 ޑިސެމްބަރު 2025 ، 15:50

.gif.gif&w=828&q=100)
